އެސް.އެމް.އީ ޑިޖިޓަލްއަށް ޑިރެކްޓަރުން ހޯދަނީ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށް އުފައްދާފައިވާ އެސް.އެމް.އީ ޑިޖިޓަލްގެ ބޯޑަށް އާންމު މެމްބަރުން އައްޔަނުކުރުމަށް އިއުލާން ކޮށްފިއެވެ.
އެސް.އެމް.އީ ޑިޖިޓަލް އިން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން، އެ ކުންފުނީގެ ބޯޑަށް މިނިވަން 3 ޑިރެކްޓަރުން އައްޔަންކުރުމަށްޓަކައި، އެކަމަށް ޝަރުތުހަމަވާ ތަޖުރިބާކާރު ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށާއި، އަދި މިކަމަށް އެދި ކުރިމަތި ލުމުގެ ފުރުސަތު އަންނަ އޭޕްރީލް މަހުގެ 05 ވަނަދުވަހުގެ 10:00 އާއި ހަމައަށް ހުޅުވާލައިފާ ވާކަމަށްވެސް މި އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، މިމަގާމަށް ކުރިމަތިލާ މީހުންނަކީ އުމުރުން 30 އަހަރާއި 70 އަހަރާއި ދެމެދުގެ މީހުންނަށް ވާންޖެހޭނެ ކަމަށްވެސް މި އިއުލާނުގައި ބަޔާންކޮށްފައި ވެއެވެ.
އެސްއެމްއީ ޑިޖިޓަލް އަކީ، ކުރިން "އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން" ނަމުގައި ހިންގަމުން އައި ބޭންކް ޑިޖިޓަލައިޒްކޮށް، ރީބްރޭންޑް ކުރުމަށްފަހު އެކުންފުންޏަށް މިހާރު ކިޔާ ނަމެވެ. ބޭންކް އޮފް މޯލްޑިވްސް އިން އެސް.އެމް.އީ ޑިޖިޓަލް ރީބްރޭންޑް ކުރުމަށްފަހު، ކުރިން "އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން" ދެމުން ގެންދިޔަ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ވީހާވެސް ގިނަ ވިޔަފާރިތަކަށް އެކުންފުނީގެ ފަރާތުން ވިޔަފާރި އެހީތައް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ