ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ސަރުކާރު ދިފާއު ކުރުމަށް އެންމެ ފުރަތަމަ ކޮނޑު ވިއްދާނީ ހޯމް މިނިސްޓަރު އުމަރު ނަސީރު ކަމަށާއި މިނިސްޓަރު އުމަރަށް ރައީސް ކުރައްވާ އިތުބާރަށް ކެތްނުކުރެވޭތީ ބައެއް ފަރާތްތަކުން މިިނިސްޓަރު އުމަރުގެ އަގުވައްޓާލަން މަސައްކަތް ކުރަމުންދާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒްމީލް އަބްދުއްސަމަދު މިއަދު ވިދާޅުވީ، "ރައީސް ޔާމީންގެ ސަރުކާރު ދިފާއު ކުރަން އެންމެ ފުރަތަމަ ވިއްދާނެ ކޮނޑަކީ ހޯމް މިނިސްޓަރު އުމަރުގެ ކޮނޑު" ކަމަށެވެ.
އަދި ވިދާޅުވީ މިނިސްޓަރު އުމަރުގެ އަގުވައްޓާލަން ބަޔަކު މަސައްކަތް ކުރި ނަމަވެސް މިނިސްޓަރު ހުންނެވީ އެކަންކަމަށް ހުޝިޔާރުވެގެން ކަމަށާއި އެމަނިކުފާނުގެ ނަންފުޅުގައި އެސްއެމްއެސްތަކެއް ފޮނުވަމުންދާދިއުން ކުށްވެރި ކުރާ ކަމަށެވެ.
ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވި މައްސަލަ ތަހުގީގުކުރަން އެކުލަވާލި ނޭޝަނަލް އިންކުއަރީ ކޮމިޝަންގެ ކޯޗެއާއަކީ މިނިސްޓަރު އުމަރު ނަސީރެވެ.
މި ސަރުކާރު ދިފާއު ކުރަން ފުރަތަމަ ކޮނޑު ވިއްދާނީ އުމަރު: ހޯމް މިނސްްޓްރީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ