އިންތިހާބާ ގުޅޭ ދެ މައްސަލައެއް ސުޕްރީމް ކޯޓަށް

ކުރިއަށް އޮތް ލޯކަލް ކައުންސިން އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅޭ ދެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ސުޕްރީމް ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުން އެ ދެ މައްސަލައަކީ، އިލެކްޝަންސް ކޮމިޝަނަށް ރައްދުވާ ގޮތަށް، ފާޠިމަތު ސޫޒަން، ލަކުސަވީ، ކ. ތުލުސްދޫ ހުށަހެޅި މައްސަލައަކާއި، ޢަބްދުލްމަޖީދު، ރިނދަލިގެ، ކ. ގުރައިދޫ ހުށަހެޅި މައްސަލައެކެވެ.
އެ މައްސަލަތަކުގެ ތަފްސީލެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.
މި މައްސަލަތައް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވުމުން ކ. ތުލުސްދޫ އާއި ކ. ގުރައިދޫގެ ކެންޑިޑޭޓުންގެ ނަންތައް ގުރުއަތުން ތަރުތީބު ކުރުން ވެސް މިހާރު ވަނީ މަޑުޖައްސާލާފަ އެވެ.
އިންތިހާބަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި 2،994 ކެންޑިޑޭޓުންގެ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިގަތް ނަމަވެސް ގުރުއަތުލުމުގެ ކުރިން 67 ކެންޑިޑޭޓުން ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ. އެހެންވެ ކެންޑިޑޭޓުންގެ އަދަދު މިހާރު ވަނީ 2،927އަށް މަދުވެފަ އެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ އެޕްރީލް މަހުގެ 4 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ