ދޮގު ވާހަކަތައް ހިމަނައިގެން ވީޑިއޯ ހެދި ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރާނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުއާ ގުޅުވައިގެން "އަދަދު" ނޫހުން ފެތުރި ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއްކަމަށާއި އެކަން ކުރި ފަރާތްތަކާއި ދެކޮޅަށް ދައުވާ ކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު" ނޫހުގެ ނޫސްވެރިޔަކު ކުރެއވްި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މި ބައްދަލުވުމުގައި "އަދަދު" ނޫހުގެ ނޫސްވެރިޔާ ކުރި ސުވާލަކީ، ރައީސް އޮފީހުގައި މަސައްކަތްކުރި އަންހެން މުވައްޒަފަކު، ރައީސް މުއިއްޒުއާ ދެކޮޅަށް ކޮށްފައިވާ ސީރިއަސް ތުހުމަތުތަކާ ގުޅޭގޮތުންނެވެ.
"މީ ކަނޑައެޅިގެން ދޮގު ވާހަކަ ހިމެނޭގޮތަށް ތިބޭފުޅުން ވީޑިއޯއެއް. މިފަދަ ދޮގު ވާހަކަ ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް އަޅުގަނޑު ދައުވާ ކުރާނަން." ރައީސް ވިދާޅުވިއެވެ.
ނޫސްވެރިޔާ ވަނީ އެ ވީޑިއޯގައި ހެކިތަކާއި އަންހެން މީހާގެ އިޢުތިރާފު ހިމެނޭ ކަމަށް ބުނެފައެވެ. އަދި ރައީސް އެކަން ދޮގުކުރެއްވި ނަމަވެސް، މިހާތަނަށް އެކަމުގެ ރަސްމީ ތަޙުޤީޤެއް ހިންގާފައި ނުވާތީ، ކަން ހިނގިގޮތުގެ ތެދުދޮގު ކަނޑައެޅޭނީ ތަޙުޤީޤަކަށް ފަހު ކަމަށްވެސް ނޫސްވެރިޔާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ