ރައީސަށް ތުހުމަތުކުރި ވާހަކަތައް ދޮގުކުރައްވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ގުޅުވައިގެން ފެތުރީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި އެ މައްސަލައިގައި ދައުވާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ އެވެ."އަދަދު" ނޫހުން އާންމު ކުރި ވީޑިއޯއެއްގައި އަންހެނަކު ވަނީ ކާކުކަން ނޭނގޭ ގޮތަށް ރައީސް މުއިއްޒުއާ ގުޅުވައި އަހުލާގީ ގޮތުން ދަށް ވާހަކަތަކެއް ދައްކައިފަ އެވެ. އިސްލާމީ އަހުލާގުން ބޭރު އަމަލުތަކެއް ރައީސްއާ އެކު ހިންގި ކަމަށް ވެސް އެ އަންހެން މީހާ ބުނެފައިވެ އެވެ.ރައީސްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ އެ ޑޮކިއުމަންޓްރީގައި އެމަނިކުފާނަށް ތުހުމަތުކޮށްފައިވާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ. އެހެންވެ، އެ ވާހަކަތައް ފެތުރި ފަރާތްތަކަށް ދައުވާ ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ."ކަނޑައެޅިގެން ދޮގު ވާހަކައެއް ތިއީ. އަދަދު ނޫހުން ތިވިދާޅުވީ ތިބޭފުޅުން ހެއްދެވި ވީޑިއޯއެއްގެ ވާހަކަ. އެނގިވަޑައިގަންނަވާނެ ކަނޑައެޅިގެން ދޮގުވާހަކަ ހިމެނޭގޮތަށް ތިބޭފުޅުން ވީޑިއޯއެއް ހެއްދެވި ހެއްދެވުމަށް ތި އިއުތިރާފުވެވަޑައިގެންނެވީ. މިފަދަ ދޮގު ވާހަކަ ދެއްކި ހުރިހާ ފަރާތްތަކާދެކޮޅަށް ދައުވާކުރަން އަޅުގަނޑު އެދެން ކަމާބެހޭ ހުރިހާ ފަރާތްތަކުގެ ކިބައިން،" ރައީސް ވިދާޅުވި އެވެ.މީގެ މަހެއްހާ ދުވަސްކުރިން އާންމު ކުރި އެ ވީޑިއޯއަށް ރައީސް ރައްދު ދެއްވި މިއީ ފުރަތަމަ ފަހަރެވެ. ރިޔާސީ އިންތިހާބުގެ ދުވަސްވަރުވެސް ރައީސް މުއިއްޒުއާ ގުޅުވައި ވީޑިއޯއެއް ހެދިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެފަދަ ވީޑިއޯއެއް އަނެއްކާވެސް ހެދިދާނެ ކަމަށާއި އެކަމާ ހައިރާންވެ ވަޑައިނުގަންނަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ