މާމިގިލީ ކައުންސިލުން ފުރަތަމަ ފަހަރަށް ޖޭޕީގެ މެޖޯރިޓީ ގެއްލިއްޖެ

އދ. މާމިގިލީ ކައުންސިލްގެ މެޖޯރިޓީ ފުރަތަމަ ފަހަރަށް ޖުމްހޫރީ ޕާޓީއަށް ގެއްލިއްޖެ އެވެ.ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ރަށް ކަމަށްވާ މާމިގިލީ ކައުންސިލުގެ މެޖޯރިޓީ އަބަދު ވެސް އޮންނަނީ އޭނާގެ ޕާޓީ ޖޭޕީ އަށެވެ. އޭނާއަކީ އެ ދާއިރާގެ މަޖިލިސް މެމްބަރު ވެސްމެ އެވެ.ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި، ކައުންސިލާއި އަންހެނުންގެ ކޮމިޓީ ހިމަނައިގެން ވެސް ޖޭޕީއަށް ލިބިފައިވަނީ އެންމެ ހަތަރު ގޮނޑި އެވެ. ދެން ހުރި ގިނަ ގޮނޑިތައް ހޯދާފައިވަނީ ވެރިކަން ކުރާ ޕީއެންސީންނެވެ.ކައުންސިލުގެ މެޖޯރިޓީ ޖޭޕީއަށް ގެއްލުނުއިރު، މިފަހަރުގެ ކައުންސިލް އިންތިހާބު ލޯންޗުކުރަން އެ ޕާޓީން ބޭއްވި ޖަލްސާގައި މާމިގިލި ނޫން އެހެން ހުރިހާ ކައުންސިލަކުން ޕީއެންސީއަށް ތާއީދުކުރުމަށް ގާސިމް އެދިވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ