ތަފާތު ބަލިތަކަށް ޚާއްސަ ޑޮކްޓަރުންނާއެކު، ށ. އަތޮޅުގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކޭމްޕެއް ބާއްވަނީ
ޓްރީ ޓޮޕް ހޮސްޕިޓަލުން މި އަހަރު ބާއްވާ ފުރަތަމަ ހެލްތު ކޭމްޕް، ށ. ފުނަދޫގައި ބާއްވަން ތައްޔާރުވެއްޖެއެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނި ގޮތުގައި، ށ. އަތޮޅު ހޮސްޕިޓަލާ ގުޅިގެން ބާއްވާ އެ ކޭމްޕުގެ މަގުސަދަކީ، ތަފާތު ދާއިރާތަކަށް ޚާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސަތު އެ ސަރަހައްދުގެ ރައްޔިތުންނަށް ދިނުމެވެ. އެ ކޭމްޕް ބޭއްވުމުން، އެ ސަރަހައްދުގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ މީހުން ހިމެނޭހެން، ފުނަދުއާ ކައިރީ ރަށްރަށުގެ ހުރިހާ ރައްޔިތުންނަށް ވެސް މާލެއަށް ދަތުރުނުކޮށް ޓްރީ ޓޮޕްގެ ސްޕެޝަލިސްޓުންނަށް ދެއްކޭނެކަން އެ ހޮސްޕިޓަލުން ފާހަގަކުރިއެވެ. އެ ކޭމްޕް އޮންނާނީ އަންނަ ހުކުރާއި ހޮނިހިރު ދުވަހެވެ. އެ ކޭމްޕްގައި ހެލްތު އެޑިއުކޭޝަންއާއި ހެލްތު ސްކްރީނިން ޚިދުމަތްތައް ދިނުމުގައި ބައިވެރިވެވަޑައިގަންނަވާނެ ޑޮކްޓަރުންގެ ތެރޭގައި: ކަށީގެ ބަލިތަކަށް ޚާއްސަ: ޑރ. މުހައްމަދު ހަބީބް، ޑރ. އަލީ މުޒުނީ ނާރުގެ ބަލިތަކާއި ސާޖަރީއަށް ޚާއްސަ: ޑރ. އަނިޝް މާން ސިންގް ހަމުގެ ބަލިތަކަށް ޚާއްސަ: ޑރ. އަނޫ އަގަރްވާލް އެންޑޯކްރައިންއާއި ހޯމޯންއާ ގުޅުންހުރި ބަލިތަކަށް ޚާއްސަ: ޑރ. ޕަންކަޖް ޕަތަވާރީ ފުއްޕާމޭގެ ބަލިތަކަށް ޚާއްސަ: ޑރ. ނަޒްމީ ލަތީފް ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ޚާއްސަ: ޑރ. މެހްމެތު އޮޑާ އެ ކޭމްޕުގައި ބައިވެރިވުމަށް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ފުރުސަތު އޮންނާނެއެވެ. އެގޮތުން ރެޖިސްޓާ ވުމަށް ގުޅާނެ ނަންބަރަކީ 6540061 އެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން ބާއްވާ ހެލްތު ކޭމްޕުތަކުގެ ބޭނުމަކީ، ރާއްޖޭގެ އެކި ހިސާބުތަކުގައި މަތީ ފެންވަރުގެ ސިއްހީ ފަރުވާ ފޯރުކޮށްދިނުންކަން އެ ހޮސްޕިޓަލުން ފާހަގަކުރުމެވެ. މި އަހަރުގެ ފުރަތަމަ ކޭމްޕް ށ. އަތޮޅުގައި ބާއްވާއިރު މިއީ ޓްރީ ޓޮޕްގެ އެފަދަ 17 ވަނަ ހެލްތު ކޭމްޕެވެ. މީގެ ކުރިން ކޭމްޕްތައް މ. ދ. ތ. ގއ. ގދ. ހ. އަދި ލ. އަތޮޅުގައި ވެސް ބާއްވައިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ