ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 1.7 މިލިއަން ރުފިޔާގެ ޑުރަގް އަތުލައިގަނެފި

ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު ދެ ކިލޯއަށްވުރެ ގިނަ ހަޝިޝް އޮއިލް އަތުލައިގެންފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފި އެވެ.
ކަސްޓަމްސް އިން މިއަދު ބުނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެ ތަކެތި އަތުލައިގަތީ މި މަހުގެ 1 ވަނަ ދުވަހު ކަމަށެވެ. އެ ތަކެތީގެ މަގުމަތީގެ އަގު 1.7 މިލިއަން ރުފިޔާއަށް އަރާ ކަމަށްވެސް ބުންޏެވެ.
މި މައްސަލައިގައި އެ ތަކެތި އެތެރެކުރަން އުޅުނީ ކޮން ގައުމެއް މީހެއް ކަމެއް އަދި އެ ތަކެތި އެތެރެކުރަން އުޅުނީ ކިހިނެތް ކަމެއް ކަސްޓަމްސް އިން ނުބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ