އޮޕަރޭޝަން އަލިމަގު: 4 މީހަކު ހައްޔަރަށް

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގަމުންގެންދާ "އޮޕަރޭޝަން އަލިމަގު" ސިލްސިލާ ހަރަކާތުގެ ތެރެއިން މިއަދު 10 ގެއެއް ބަލައި ފާސްކޮށް، ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ."އޮޕަރޭޝަން އަލިމަގު"ގެ ދަށުން މިއަދު މި އޮޕަރޭޝަން ކުރިއަށް ގެންދަނީ، މާލެ ސަރަހައްދުގައާއި ގއ.އަތޮޅުގަ އެވެ. މިއީ، ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާ ފައިސާ ލޯންޑާކުރާ ނެޓްވޯކްތައް ހުއްޓުވާ، ގާނޫނީ ފިޔަވަޅުތައް އެޅުމުގެ މަގުސަދުގައި ދިވެހި ފުލުހުންގެ ހިދުމަތުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނެކެވެ.މި ހާއްސަ އޮޕަރޭޝަން ފަށާފައިވަނީ މިއަދު ހެނދުނެވެ. މިއަދު ކުރިއަށްގެންދާ މި އޮޕަރޭޝަނަަކީ، ގއ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކެއް ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ