ޢީދު ބައިބަލާ ޗެލެންޖު 1447ގައި ޓީނޭޖް ވެޓެރަންސް ފަސޭހަ ކަމާއެކޮށް ބަލިކޮށް ކުޑަހެންވޭރު ލަޔަންސް ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
ބައިބަލާ ރާއްޖޭގައި ފެށިގެންއައި ދުވަސްވަރުގެ ކުރީގެ ވަރުގަދަ ތަރިން ހިމެނޭ ޓީނޭޖް ވެޓެރަންސް ޓީމުން ފުރަތަމަ ގޭމްގައި ކުޅުނީ އެތެރެއިންނެވެ. މިގޭމް ބޭރުން ކުޅުނު ކުޑަހެންވޭރު ލަޔަންސް ކާމިޔާބުކުރީ 4-7 ނެވެ.
މި ގޭމްގައި ލަޔަންސް ޓީމުގެ ޔޫސުފް ޖައިޝަމް ނާފިޒް އާއި އާދަމް ޙަލަފް މަތީން ވަނީ ކޮންމެ ކުޅުންތެރިއަކު 2 ކުޅުންތެރިން ނުބައިކޮށްފައެވެ.
އެތެރެއިން ކުޅުނު ގޭމްވެސް ކުޑަހެންވޭރު ލަޔަންސް މާބޮޑު އުނދަގުލަކާ ނުލާ ކާމިޔާބުކުރީ 14-4 އަކުންނެވެ.
އެތެރެ ގޭމްގައި ލަޔަންސް ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 3 ކުޅުންތެރިން ހިފަހައްޓާލި އިބްރާހިމް ލުބާން އަބްދުﷲއެވެ. އެހެންނަމަވެސް މިގޭމްގައި ލުބާން ވަނީ 2 ފަހަރު ނުބައިވެފައެވެ.
މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ޔޫސުފް ޖައިޝަމް ނާފިޒްއެވެ.
ޢީދު ބައިބަލާ: ޓީނޭޖް ވެޓެރަންސް 0-2 ކުޑަހެންވޭރު ލަޔަންސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ