މީޓް ދަ އީގަލްސް ކަޓުވާލައި، ވީކޭ ސްޕޯޓްސް ކްލަބް ކުރިއަށް

ޢީދު ބައިބަލާ ޗެލެންޖު 1447ގައި މީޓް ދަ އީގަލްސް ބަލިކޮށް ވީކޭ ސްޕޯޓްސް ކްލަބް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
ހުޅުމާލޭގައި ކުރިއަށްދާ މުބާރާތުގައި މީޓް ދަ އީގަލްސްގެ މައްޗަށް ވީކޭއިން ކުރި ހޯދީ، ސީދާ ދެ ގޭމުންނެވެ.
ފުރަތަމަ ގޭމްގައި ވީކޭއިން ބޭރުން ކުޅުނުއިރު، އެ ގޭމް ވަނީ ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ. އަދި ދެވަނަ ގޭމްގައި ވީކޭއިން އެތެރެއިން ކުޅުނުއިރު، އެ ގޭމް ވެސް ފަސޭހަކަމާއެކު ވީކޭއިން ވަނީ ގެންގޮސްފައެވެ.
މިމެޗުން މޮޅުވުމާއެކު ވީކޭ ވަނީ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދާފައެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ވީކޭގެ ހުސެއިން ހަމްދޫންއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ