އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން ރޯދަ މަހުގެ 4 ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން މިގެނެސްދެނީ ވަރަށް ތަފާތު އަދި މީރު ބުއިމެއް ކަމަށްވާ “ މެލަން މިލްކްޝޭކް” ތައްޔާރުކުރާނެ ގޮތެވެ.
ބޭނުންވާތަކެތި: (އެންމެ މީހަކަށް) 350ގ މެލަން ތޮށި މަށާފައި އޮށްނަގާފައި ކޮށާފައި 50 އެމްއެލް ފުލްކްރީމް ކިރު 50ގ ވެނީލާ އައިސްކްރީމް
ތައްޔާރު ކުރާނެގޮތް: މެލަން، ކިރު އަދި އައިސްކްރީމް މިކްސަރަށް އަޅާފައި ރަނގަޅަށް ގިރާލާށެވެ. ދެން ބިއްލޫރި ތަށްޓަކަށް އައިސްކިއުބް އަޅާފައި މީގެތެރެއަށް ތައްޔާރުކުރި މިލްކްޝޭކް އެޅުމަށްފަހު ސާރވް ކުރާށެވެ.
ނޯޓް: މި މިލްކްޝޭކް ތައްޔާރުކުރަން ބޮޑަށް ރަނގަޅުވާނީ ރޯދަވީއްލާ ގަޑި ކައިރިވުމުންނެވެ. މަތީގައި ވާރެސިޕީ އަކީ އެންމެ ތަށްޓެއް ގިރާލަން ބޭނުން ކުރެވިދާނެ އަދަދެވެ.
އޭއޯ ރޯދައިގެ ބަދިގެ: ޗައިނީޒް ޗިކެން އޭއޯ ރޯދައިގެ ބަދިގެ: ޗިޗަންޑާ މަސްހުނި އޭއޯ ރޯދައިގެބަދިގެ: ޓޫނާ ސެލަޑް ސޭންޑްވިޗް އޭއޯ ރޯދައިގެބަދިގެ: ކޮރެއަން ސްޕައިސީ ޕޮޓޭޓޯ ނޫޑުލްސް މަގުބޫލު ލިޔުންތައް މަސްތުވާތަކެތީގެ މައްސަލަ: ފުވައްމުލަކުން 72 އަހަރުގެ މީހަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ