ގައިދީންނަށް ގުނަވަން ހަދިޔާ ނުކުރެވޭ ގޮތަށް ބިލު ބަދަލުކޮށް، ގަދަކަމުން ގުނަވަނެއް އަތުލައިފި ނަމަ ލިބޭ އަދަބު ލުއިކޮށްފި

ރައްޔިތުންގެ މަޖިލީހުން ކުރިން ފާސްކުރި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓުކުރުމުގެ ބިލު ތަސްދީގު ނުކުރައްވައި، ރައީސް މުހައްމަދު މުއިއްޒު އަނބުރާ ފޮނުއްވުމާ ގުޅިގެން މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ބިލު ދިރާސާކޮށް، ގިސާސް ހިފުމުގެ އަދަބު އުނިކުރުމަށްފަހު ޖޫރިމަނާ އާއި ޖަލު އަދަބު ދަށްކުރަން ފާސްކޮށްފި އެވެ.
މި ބިލު އަލުން ވިސްނުމަށް ރައީސް ފޮނުއްވިއިރު ފާހަގަކުރެއްވި ޝަރުއީ އަދި ގާނޫނީ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ކޮމިޓީން ވަނީ ކުށުގެ އަދަބުތަކުގެ އިތުރުން ގުނަވަން ހަދިޔާކުރެވޭނެ މީހުންގެ ޝަރުތުތަކަށް ވެސް ބަދަލު ގެނެސްފައެވެ.
MU STORE
Enterprise Development Industrial Pvt Ltd
Zetta Enterprises Pvt Ltd
Yes Maldives Pvt Ltd
MU STORE
ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ކުރިން ފާސްކޮށްފައިވާ މި ބިލުގެ 66 ވަނަ މާއްދާގެ (ރ) ގައި އޮތީ، އެ މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް (ރުހުމެއް ނެތި ގުނަވަން ނެގުމާއި ގާނޫނާ ހިލާފަށް ޓްރާންސްޕްލާންޓުކުރުން) ކޮށްފި މީހެއްގެ އަދަބަކީ އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ގިސާސް ހިފުން ކަމަށެވެ.
ނުވަތަ އިސްލާމީ ޝަރީއަތުގެ އަލީގައި ކަނޑައަޅާފައިވާ ދިޔައެއް ހޯދައިދިނުމާއެކު، 250،000ރ. އާއި 500،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، 18 މަހާއި 24 މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
ނަމަވެސް، އިޖުތިމާއީ ކޮމިޓީން މިހާރު މި މާއްދާ އިސްލާހުކޮށް، ގިސާސް ހިފުމާއި ދިޔަ ދިނުމުގެ ބައި އުނިކުރުމަށް ފަހު، ޖޫރިމަނާ އާއި ޖަލު އަދަބު ވެސް ބަދަލުކޮށްފައިވެ އެވެ. އެގޮތުން މިހާރު ބިލުގައި ކަނޑައަޅާފައި އޮތީ؛ 
ކޮމިޓީގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ބަދަލުތައް ގެނައީ ބިލުގައި ހިމަނާފައިވާ އަދަބު ތަންފީޒު ކުރުމުގައި ގިނަ ގޮންޖެހުންތަކެއް ހުރިކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވުމާ ގުޅިގެންނެވެ. ރައީސް ފޮނުއްވި ސިޓީފުޅުގައި ފާހަގަކުރައްވާފައިވާ ގޮތުގައި ރުހުމެއް ނެތި ގުނަވަން ނެގުމާއި ގާނޫނާ ހިލާފަށް ޓްރާންސްޕްލާންޓުކުރުމަކީ ތަފާތު ތިން ކަމެއް ނުވަތަ ތިން އަމަލެއް ހިމެނޭ ކުށެކެވެ. އެއިން ކޮންމެ އަމަލަކީ އިސްލާމީ ޝަރީއަތުގައި ގިސާސް ހިފުމަށް ޝަރުތު ހަމަަނުވެދާނެ ކަމެއް ކަމަށް ވެސް ރައީސް ފާހަގަ ކުރައްވާފައިވެ އެވެ. އަދި ކުރިން މަޖިލީހުން ފާސްކުރި ގޮތަށް އޮތުމުން، އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ބޭރުން ކުށް ކުރާ ފަރާތްތަކުގެ މައްޗަށް ގިސާސް ތަންފީޒު ކުރެވިގެން ދިޔުމުގެ އިހުތިމާލު އޮތް ކަމަށް ވެސް ރައީސްގެ ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ. 
ބިލް އެންމެ ފުރަތަމަ ހުށަހެޅިއިރު ވެސް ގިސާސް ހިފުމާއި ދިޔަ ނަގައި ދިނުން ހިމަނާފައެއް ނުވެ އެވެ. އެއީ މަޖިލީހުގެ ކޮމިޓީން އޭރު ގެނައި ބަދަލެކެވެ. ނަމަވެސް މިހާރު ބިލްގެ 66 ވަނަ މާއްދާ އޮތީ އެންމެ ފުރަތަމަ ބިލް ހުށަހެޅި ގޮތަށެވެ. 
މީގެ އިތުރުން ގެނައި އަނެއް މުހިންމު ބަދަލަކީ ބިލުގެ 7 ވަނަ މާއްދާގެ (ށ) އަށް ނުކުތާއެއް އިތުރުކުރުމެވެ. ބިލު މިހާރު އިސްލާހުކޮށްފައިވާ ގޮތުން، ގުނަވަން ހަދިޔާކުރާ މީހާއަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް ވެގެން ނުވާނެއެވެ. އަދި ކުށުގެ ތުހުމަތުގައި ހުރި މީހެއް ނުވަތަ ޝަރުއީ ހުކުމެއް ތަންފީޒު ކުރަމުންދާ ގައިދީއެއް ކަމުގައި ވެގެން ވެސް ނުވާނެއެވެ.
މި ބިލަށް ބަހުސްކުރުން މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ