މިދިޔަ މަސް ތެރޭ ޑޮލަރުން ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހު މީރާއަށް ލިބުނީ 119 މިލިއަން ޑޮލަރެވެ. އެއީ:
މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 922،114 ޑޮލަރު އިތުރު އަދަދެއް
މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައި ވަނީ 117 މިލިއަން ޑޮލަރު
ތަފްސީލް - މިއަހަރުގެ މިހާތަނަށް ޑޮލަރުން މީރާއަށް ވަނީ 868 މިލިއަން ޑޮލަރު ލިބިފަ އެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 77 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.
ގުޅުންހުރި - ބޭރުގެ ދަރަނި ދައްކަން ޖެހުނު އަދަދު އިތުރުވުމާއި ޓޫރިޒަމަށް އައި ހީނަރުކަމާ އެކު ރުފިޔާގެ އަގު ވެއްޓި ޑޮލަރު ގަންނަން ލިބޭ އަގު ވަނީ ބޮޑުވެފަ އެވެ. މިހާރު ޑޮލަރުގެ އަގު ހުރީ 21ރ. ގަ އެވެ.
ފާހަގަކޮށްލެވޭ - މިދިޔަ މަހު ދައުލަތުގެ އާމްދަނީ އަކީ 2.9 ބިލިއަން ރުފިޔާ އެވެ. މިއީ ލަފާކުރުމަށް ވުރެ %14 އިތުރު އަދި މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ %10 އިތުރު އަދަދެކެވެ.
މިދިޔަ މަހު ޑޮލަރު ލިބުނު ވަރަށް ކުޑަ ކުރިއެރުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ