އޮސްޓްރޭލިއާގެ ސަރުކާރުން ދިވެހި އަސްކަރިއްޔާއަށް ހަދިޔާކުރި ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓު، "ސީޖީއެސް އިމާދުއްދީން" ކޮމިޝަންކޮށް ހިދުމަތަށް ނެރެފި އެވެ.
ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި އުޅަނދު ކޮމިޝަން ކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ. އެ މަނަވަރުގެ ކޮމާންޑިން އޮފިސަރަކީ ލެފްޓިނަންޓް ކާނަލް ސިނާން ޒާހިރު އެވެ. މަނަވަރު ކޮމިޝަންކުރެއްވިކަމުގެ ލިޔުމާއި ދިވެހި ގައުމީ ދިދަ، މަނަވަރުގެ މުއިއްޒު ސިނާނުއާ ހަވާލުކޮށްދެއްވި އެވެ.
މި އުޅަނދު އޮސްޓްރޭލިއާގެ ހުޅަނގުގައި އޮންނަ ޕާތުން ރާއްޖެއަށް ގެނައީ ދިވެހި ސިފައިންނެވެ. އެ ދަތުރަށް ދެ ހަފްތާއެއްހާ ދުވަސް ހޭދަވި އެވެ.
އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަޅުވެރިން ވަނީ އޮސްޓްރޭލިއާގައި މި އުޅަނދު އޮޕަރޭޓްކުރާނެ ގޮތުގެ ހާއްސަ ތަމްރީނުތަކާއި ފެމިލިއަރައިޒޭޝަން ޓްރަޔަލްތައް ފުރިހަމަކޮށްފަ އެވެ.
މިއީ ރާއްޖެއިން ދިވެހި ކަނޑުތަކުގެ ސަލާމަތްތެރިކަން ބެލެހެއްޓުމަށް އަދި އިންޑިއާ ކަނޑުގެ ރައްކާތެރިކަމަށް ކަށަވަރުކުރުމަށް އެޅިގެންދާ ފިޔަވަޅެއް ކަމަށް ދެ ގައުމުން ބުނެފައިވެ އެވެ. ރާއްޖޭގެ ބޮޑު އިގުތިސޯދީ ސަރަހައްދުގައި ހިނގާ ގައިރު ގާނޫނީ ކަންކަން ހުއްޓުވުމަށް މިކަމުގެ ސަބަބުން އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.
މިއީ ސްޓްރޭލިއާއިން ފަރުމާކޮށް އެ ގައުމުގައި ބަނދެފައިވާ އުޅަނދެކެވެ. ރާއްޖޭގެ އިތުރުން އޮސްޓްރޭލިއާއިން ވަނީ މީގެ ބޯޓުތަކެއް ފިޖީ، ޓޮންގާ، ޓިމޯ ލެސޭ ފަދަ ޖަޒީރާ ގައުމުތަކަށް ހަދިޔާކޮށްފަ އެވެ.
އޮސްޓްރޭލިއާއިން ރާއްޖެއަށް ހަދިޔާކުރި ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓު ކޮމިޝަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ