“މީދުވަން” މިއަދު ހަވީރު މީދޫ ބަނދަރުން ފަށަނީ؛ އައްޑޫގެ އެކި ރަށްތަކުން ބޮޑު ތަރުހީބެއް! އައްޑޫ މީދޫ މިނިވަން އުފާ 2026:ހޭންޑް ބޯލް މެޗު މައިލޯސިޓީ އިން ކާމިޔާބު ކޮށްފި މަގުބޫލު ލިޔުންތައް އައްމަޓީ އަލުން ކޮޅަށް ތެދުވުމަށް އެންމެން އެހީތެރިކަން ނުހަނު ބޭ

އުފާވެރިކަމާއި އެކުވެރިކަމުގެ އިންތިހާއެވެ! އައްޑޫ މީދޫގެ އިޖުތިމާއީ ރޫހާއި އެކުވެރިކަން އަނެއްކާވެސް މުޅި ރާއްޖެއަށް ދައްކާލީ “އައްޑޫ މީދޫ މިނިވަން އުފާ 2026” ގެ ފޯރިގަދަ ހަރަކާތްތަކުންނެވެ.
އެއްބަޔަކު އަނެއްބަޔަކަށް އޮތް ބަދަހި ގުޅުމާއި، މުޅި ރަށުގެ ކުދިބޮޑު އެންމެން އެކަކު އަނެކަކާ ގުޅިގެން ފެށި މި ކުލަގަދަ ހަރަކާތްތަކަކީ ހަމައެކަނި މިނިވަން ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތްތަކެއް ނޫނެވެ. މިއީ މީދޫގެ އެއްބައިވަންތަކަމާއި އެކުވެރިކަން ސާބިތުކޮށްދިން، ތަފާތު އަދި އުފާވެރި އިހުސާސްތަކުން ފުރިގެންވީ ތާރީހީ ހަރަކާތެކެވެ. އަލަށް އިންތިހާބުކުރެވުނު ކައުންސިލާއި، އަންހެނުންގެ ކޮމިޓީގެ އިތުރުން ރަށުގެ ޖަމްއިއްޔާތަކާއި މުއައްސަސާތައް ގުޅިގެން، ރަށުގެ އެކުވެރިކަން އާލާކޮށް އުފާވެރި މާހައުލެއް ގާއިމުކުރުމަށް ރޭވިގެން ދިޔަ މި ހަރަކާތުގެ ފޯރި ވަރަށް ގަދައެވެ.
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން “އައްޑޫ މީދޫ މިނިވަން އުފާ 2026” ނަމުގައި އައްޑޫ މީދޫގައި ވަރަށް ފޯރިގަދަ އަދި ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިޔައިރު މިއީ ހުޅުދޫ އާއި މީދޫގެ އިތުރުން އައްޑޫ ސިޓީގެ ހުރިހާ އަވަށްތަކެއްގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ފޯރިގަދަ ހަރަކާތްތަކެކެވެ. މި ހަރާކްތަ ކުރިއަށް ގެންދިޔަ ހުރިހާ ސަރަހައްދެއްގައި ކެންޓީންގެ ހިދުމަތްދީފައިވާއިރު، އެތަނުން އައްޑޫ މީދޫ ރަހަ ތާޒާކަމާއެކު ލިބޭނެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ ވަރަށް ފުރިހަމައަށެވެ.
“އައްޑޫ މީދޫ މިނިވަން އުފާ 2026” ނިމިގެން ދިޔައީ މުޅި ރަށަށް އާ ދިރުމަކާއި، އެކުވެރިކަމުގެ އާ އުއްމީދުތަކެއް ގެނެސްދެމުންނެވެ. ވަކިވަކި ހަރަކާތްތަކުން ފެނިގެންދިޔަ އެކުވެރިކަމާއި އެއްބައިވަންތަކަމަކީ ކުރިއަށް އޮތް ތަނުގައިވެސް މީދޫގެ އިޖުތިމާއީ ރޫހު އާލާކޮށް، ރަށުގެ ގުޅުން ބަދަހިކުރުމުގައި ދެމިއޮންނާނެ މުހިންމު ބިންގަލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ