ސުޒުކީ އަދި ޔަންމާ އިންޖީނުގެ އަގު ހެޔޮކޮށް ޕްރޮމޯޝަނެއް ފަށައިފި

އިމްޕޯޓު ޑިއުޓީ އަށް ގެނައި ބަދަލާއެކު އެމްޓީސީސީ ކަށަވަރުން ވިއްކާ ސުޒުކީ އައުޓްބޯޑު އިންޖީނު އަދި ޔަންމާ އިންބޯޑު އިންޖީނުގެ އަގުހެޔޮކޮށްފިއެވެ.އެ ކުންފުނިން ބުނީ އިންޖީނުތަކުގެ އަގު ހެޔޮ ކުރީ ސަރުކާރުން އިމްޕޯޓު ޑިއުޓީއަށް ގެނައި ބަދަލާ ގުޅިގެން ކަމަށެވެ. ކަށްވަރު ޝޯރޫމުން ވިއްކާ ސުޒުކީ އައުޓްބޯންޑް އިންޖީނާއި ޔަންމާ އިންބޯޑް އިންޖީން މިހާރު ވަރަށް އަގުހެޔޮކޮށް ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.އެމްޓީސީސީން ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް އެކި ޕްރޮޑަކްޓުތަކުން ކަސްޓަމަރުންނަށް ލުއިފަސޭހަ ޕްރޮމޯޝަންތައް ބޭއްވުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއި ޓެކްނިކަލް ކަންކަމަށް އަހުލުވެރިކުރުވުމުގެ ހަރަކާތްތައް އެ ކުންފުނިން ބާއްވަ އެވެ.އެމްޓީސީސީ އަކީ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ޕަބްލިކް ކުންފުންޏެވެ. ޔަންމާ އިންޖީނު، ސުޒުކީ އައުޓްބޯޑް އިންޖީނު، ކާސްޓްރޯލް އަޑީތެޔޮ، ސިގްމާ އެންޓިފައުލިން ސިސްޓަމް، އަދި ސްކޮޓް ބާޑާރ ބްރޭންޑްގެ ފައިބަރުކުރަން ބޭނުންކުރާ ސާމާނުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ އަކީވެސް އެމްޓީސީސީއެވެ.  އެ ކުންފުނިން ދަތުރުފަތުރުގެ ހިދުމަތާއި، ބަނދަރުހެދުމާއި، ބިންހިއްކުމާއި، ފަޅުފުންކުރުމާއި، ގޮނޑުދޮށް ރައްކާތެރިކުރުމާއި ގެދޮރު އިމާރާތް ކުރުމުގެ މަސައްކަތް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ފޯރުކޮށްދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ