ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަލީ ރަޝީދު އާއި ހދ. ކުޅުދުއްފުށީ ފިނިފެންޖަންބުގޭ ޑރ. މުހައްމަދު އިބްރާހިމް އައްޔަންކޮށްފި އެވެ.
އެ ދެ ބޭފުޅުންނަށް ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގަ އެވެ. އަދި މިއަދުގެ ވަގުތެއްގައި އެ ދެ ބޭފުޅުން ވަނީ ރައީސް އޮފީހުގައި މަގާމްގެ ހުވާ ކުރައްވައިފަ އެވެ.
އަލީ ރަޝީދު މީގެ ކުރިން މަސައްކަތް ކޮށްފައި ވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމާއި ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމެވެ. އޭގެ އިތުރުން ޑްރަގް ކޯޓުގައި ވެސް އޭނާ ވަނީ މަސައްކަތް ކުރައްވައިފަ އެވެ.
ޑރ. މުހައްމަދު އިބްރާހިމަކީ އިސްލާމިކް ކޮމާޝަލް ލޯ ދާއިރާއިން ޔުނިވާސިޓީއިން އޮފް މެލޭޝިއާއިން ޕީއެޗްޑީއާއި އިންޓަނޭޝަނަލް އެންޑް ކޮމާޝަލް ލޯގެ ދާއިރާއިން އިނގިރޭސިވިލާތުން މާސްޓާސް ހައްދަވާފައިވާ ބޭފުޅެކެވެ. އަދި ގިނަ އަހަރުތަކެއް ވަންދެން ގާނޫނީ ވަކީލު ކަން ވެސް ކުރައްވާ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ.
ސުޕްރީމް ކޯޓަށް އަލީ ރަޝީދާއި މުހައްމަދު އިބްރާހިމް އައްޔަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ