ލޮޓަސް ފިހާރައިން ކޮންމެ ސްކޫލް ދަރިވަރަކަށް ހޭންޑް ސެނިޓައިޒަރ ފުޅިއެއް ދެނީ

ދިވެހިރާއްޖެއަށް ފުޅާ ދާއިރާއެއްގައި ގިނަ ބާވަތްތަކުގެ ތަކެތި އެތެރެކުރާ ކުންފުންޏެއްކަމަށްވާ ލޮޓަސް ފިހާރައިން ކޮންމެ ސްކޫލް ދަރިވަރަކަށް ހޭންޑް ސެނިޓައިޒަރ ފުޅިއެއް ދިނުމަށް ނިންމައިފިއެވެ.
މިކަން ވަނީ އެ ކުންފުނީގެ ޗެއާމަން އަހުމަދު އާރިފް (އާއްޓޭ) ޓްވިޓަރ މެދުވެރިކޮށް ހާމަކުރައްވާފައެވެ.
އާއްޓޭ ވިދާޅުވީ ދިވެހިރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުންނަށް، ކޮންމެ ދަރިވަރަކަށް ހޭންޑް ސެނިޓައިޒަރ ފުޅިއެއް ދޭން ނިންމާފައިވާކަމަށެވެ. އެގޮތުން އެކި ރަށްރަށަށް ސެނިޓައިޒަރ ފޮނުވުމުގެ މަސައްކަތް މިހަފްތާގެ ތެރޭގައި ފަށާނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
މި ހަރަކާތުގެ ތެރެއިން ރަށްރަށަށް ފޮނުވުމަށް ހަމަޖެހިފައިވަނީ 100އެމްއެލް އަދި 200 އެމްއެލްގެ ފުޅިތަކެއްކަމަށް އާއްޓޭ ވަނީ ފާހަގަކުރައްވާފައެވެ.
ލޮޓަސް ފިހާރަ އަދި އާއްޓޭ ދަނީ ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ގިނަ ރަށްރަަށަށް ހޭންޑް ވޮޝް ފަދަ ތަކެތިވެސް ފޯރުކޮށްދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ