ދިވެހީންނަށް އިސްކަންދޭ ކުންފުނިތަކަށް ޓެކްސް ލުއިކޮށްދޭނަން: އުމަރު
ﷲގެ ވާގިފުޅާއެކު 2023 ވަނަ އަހަރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު ލިބިވަޑައިގެންފިނަމަ، ދިވެހީންނަށް އިސްކަންދޭ ކުންފުނިތަކަށް ޓެކްސް ލުއިކޮށްދެއްވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.ފޭސްބުކު މެދުވެރިކޮށް ރައްޔިތުންނާ ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ އޭނާގެ ފަސް އަހަރުގެ ވެރިކަން ނިމޭއިރު، ބިދޭސީންގެ މައްސަލަ ހައްލު ކުރައްވާނެ ކަމަށެވެ. އެގޮތުން ބިދޭސީންގެ މައްސަލަ ހައްލު ކުރާނެ ގޮތްތައް ވެސް އޭނާ ވަނީ ވިދާޅުވެ ދެއްވާފައެވެ.އުމަރު ވިދާޅުވީ ދެ ލައްކަ ފަންސާސްހާސް ބިދޭސީންގެ އާބާދީއެއް ރާއްޖޭގައި އެބަ އޮތް ކަމަށާއި އޭގެތެރެއިން އެއް ލައްކަ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލައްވާނެ ކަމަށެވެ.އަނބުރާ ގައުމަށް ފޮނުވާލާ ބިދޭސީންގެ ތެރޭގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީންނާއި، ދިވެހީންގެ ނަމުގައި ވަގު ވިޔަފާރި ހިންގާ ބިދޭސީންނާއި އަދި ކޮންޓްރެކްޓް ނަގައިގެން މަސައްކަތް ކުރާ ބިދޭސީން ހިމެނޭނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.މީގެކުރިން އުމަރު ވަނީ ޓެކްސް ނެގުމުގައި އޭނާ ގެންގުޅޭ އިތުރު ސިޔާސަތެއް ވެސް ހާމަކުރައްވާފައެވެ. އެގޮތުން ކުދި ވިޔަފާރިތަކާއި ނާލު ބޯޓުތަކާއި ސައި ހޮޓާތަކުން ޓެކްސް ނެގުން އޭނާގެ ވެރިކަމެއްގައި ހުއްޓާލައްވާނެ ކަމަށް އުމަރު ވަނީ ވިދާޅުވިއެވެ.އެފަދަ ފިޔަވަޅުތަކަކީ ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށްޓަކައި ކޮންމެހެން އަޅަންޖެހޭ ހަރުދަނާ ފިޔަވަޅުތަކެއް ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ