ރައްކާތެރިކަމުގެ ފިޔަވަޅުތައް އަދި ބޮޑަށް އަޅަން ޖެހޭ : ރައީސް މައުމޫން

ކޮވިޑް19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް މިހާރަށް ވުރެ ބޮޑަށް ދިވެހިން އަޅަން ޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން މިހެން ވިދާޅުވީ ހަފްތާއެއްގެ ތެރޭގައި 249 ދިވެހިން ކޮވިޑް-19 އަށް ފައްސިވެފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައެވެ.
" އަސްލުވެސް އަޅުގަނޑުމެން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންޖެހޭ" މައުމޫން ވިދާޅުވިއެވެ.
Asluves alhugan’dumen maa bodah rakkaatheri kamuge fiyavalhu alhanjehey. https://t.co/cjTsnbFUZv— Maumoon Abdul Gayoom (@maumoonagayoom) July 28, 2020
ރައީސް މައުމޫން އިސްވެ ހުންނަވައިގެން އުފެއްދި އެމްއާރްއެމް އިން ވެސް ވަނީ ދާދި ފަހުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ ޢަދަދު ގިނަވަމުން ދާތީ، މިއީ ސަރުކާރުން ދެއްވާފައިވާ ލުއިތަކަށް ބަދަލު ގެނެސް ފިޔަވަޅުތައް ހަރުދަނާ ކުރުމަށް ގޮވާލާ ބަޔާނެއް ނެރެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ