އެމެރިކާގައި ސްކޫލްގެ ދެ ދަރިވަރަކާއި ބަދު އަހުލާގީ އަމަލު ހިންގި ޓީޗަރަކު ޖަލަށްލުމަށް އެގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ޖަލަށްލާފައިވަނީ އިނގިރޭސި ކިޔަވައިދޭ އުމުރުން 25 އަހަރުގެ ޓީޗަރު ކިމްބާލީ މެކްމޯއެވެ. މި އަންހެން ބަދު އަހުލާގީ އަމަލު ހިންގާފައިވަނީ 17 އަހަރުގެ ދެ ފިރިހެން ކުދިންނާއި ކަމަށްވެއެވެ.
މި ޓީޗަރު ދެ ދަރިވަރަކާއި މެދު ބަދު އަހުލާގީ އަމަލު ހިންގި ކަމުގެ ޝަކުވާ ކޮށްފައިވަނީ ސްކޫލްގައި ކިޔަވައި އެހެން ދަރިވަރެކެވެ.
2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހާއި 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި ހިނގި މި އަމަލާއި ގުޅިގެން އެ ޓީޗަރުގެ މުސާރަ ނުހިނގާ ގޮތަށް ސަސްޕެންޑްވެސް ކޮށްފައިވެއެވެ. މި ޓީޗަރު ހައްޔަރުކޮށް އޭނާގެ މައްސަލަ ތަހުގީގު ކުރަން ފެށީ މިދިޔަ މެއި މަހުއެވެ.
އަދި އޭނާގެ މައްޗަށް ދައުވާ އުފުލައި އެއް އަހަރު ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ މީގެ ދުވަސްކޮޅެއް ކުރިންނެވެ.
ސްކޫލް ދެ ދަރިވަރަކާއި ބަދުއަހުލާގީ އަމަލު ހިންގި ޓީޗަރަކު ޖަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ