އާއިލާއަށް ކޮންމެ ހަފްތާއަކުވެސް ނަޝީދާއި ބައްދަލު ކުރެވޭނެ - އުމަރު

ޓެރަރިޒަމްގެ ދަޢުވާ ސާބިތުވެ، 13 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް އެމަނިކުފާނުގެ އާއިލާއާއި ބައްދަލު ކުރުމުގެ ޙައްޤުން މަޙްރޫމް ކޮށްފައިވާ ކަމަށް ރައީސް ނަޝީދުގެ އޮފީހުން ބުނި ބުނުން ހޯމް މިނިސްޓަރ އުމަރު ނަސީރު ދޮގު ކުރައްވައިފިއެވެ.
ރައީސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސް ނަޝީދަށް، ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ދެވޭނީ ހަފްތާއަކު އެއްފަހަރު ކަމުގައި ކަނޑައަޅާފައިވާ އިރު، އެމަނިކުފާނާ ބައްދަލުކުރުމުގެ ފުރުސަތަށް މިދިޔަ އާދީއްތަ ދުވަހު ވަކީލުން އެދިވަޑައިގެންފައިވާނެ ކަމަށެވެ.
އެހެން ނަމަވެސް ސަރުކާރުން ވަކީލުންނަށް ގުޅައި، މިހަފްތާގައި ރައީސް ނަޝީދާ ބައްދަލު ނުކުރެވޭނެކަން ފޯނު މެދުވެރިކޮށް އަންގާފައި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ނަމަވެސް މިނިސްޓަރ ވަނީ މިހާރުވެސް ކޮންމެ ހަފްތާއަކުވެސް ނަޝީދާއި ބައްދަލު ކުރުމުގެ ފުރުސަތު އާއިލާއަށް ލިބިގެންވާ ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރ ވިދާޅުވީ ރައީސް ނަޝީދުގެ އޮފީހުގެ ބަޔަނަކީ އެއްވެސް ޒިންމާދާރު ކަމެއްނެތް ބަޔާނެއް ކަމަށްވެސް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ