އެމެރިކާގެ ނިންމުމަކީ އަރަބި އަދި މުސްލިމުންނަށްކުރި ފުރައްސާރައެއް: މައުމޫނު

އިޒްރޭލުގެ ވެރިރަށަކީ ގުދުސްކަމަށް އެމެރިކާއިން ނިންމި ނިންމުމަކީ އަރަބި އަދި މުސްލިމުންނަށް ކުރި ފުރައްސާރައެއް ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވީ އިޒްރޭލުގެ ވެރިރަށަކީ ގުދުސްކަމަށް ބަލައިގަނެ ތެލްއަވީވްގައި ހުންނަ އެމެރިކާ އެމްބްސީ ގުދުސްއަށް ބަދަލު ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވިތާ ކުޑަ އިރުކޮޅެއްތެރޭ އަރަބި ބަހުން ކުރެއްވި ޓްވިޓެއްގައެވެ.الاعتراف بالقدس كعاصمة لإسرائيل تأييد للظلم والعدوان وإهانة للعرب والمسلمين وكافة الأحرار فى العالم . واخشى ان يؤدى ذلك الى زيادة التوتر وأعمال العنف ليس فقط فى المنطقة بل فى العالم كله .— Maumoon Abdul Gayoom (@maumoonagayoom) December 6, 2017އައީސް މައުމޫނު ވިދާޅުވީ އެމެރިކާގެ ނިންމުމަކީ ނަފުރަތު އުފެދޭނެ، އަދި ނާއިންސާފަށް ކުރެވޭ ތާއީދެއް ކަމުގައެވެ. އަދި އެއީ އަރަބިންނަށާއި މުސްލިމުންގެ އިތުރުން ދުނިޔޭގެ މިނިވަން އެހެން ރައްޔިތުންނަށްވެސް ކުރި ފުރައްސާރައެއް ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
އެމްރިކާގެ ނިންމުމުގެ ސަބަބުން މެދުއިރުމައްޗާއި މުޅި ދުނިޔޭގައިވެސް އުފެދިގެން ހިނގައިދާނެ ނުތަނަވަސްކަމާއި ހަމަނުޖެހުމަކަށްޓަކާ ބިރުފުޅުގަންނަ ކަމަށްވެސް ރައީސް މައުމޫނު އަރަބި ބަހުން ކުރެއްވި ޓްވިޓްގައި ވެއެވެ.
އިޒްރޭލުގެ ވެރިރަށަކީ ގުދުސްކަމަށް ކަނޑައަޅައި އެކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނު ކުރެއްވީ މިރޭ ވައިޓް ހައުސްގެ، ޑިޕްލޮމެޓިކް ރިސެޕްޝަން ރޫމްގައި ދެއްވި ބަޔާނެއްގައެވެ.
"ގުދުސްއަކީ އިޒްރާއީލުގެ ވެރިރަކަށްކަމަށް އެމެރިކާއިން ބަލައިގަތުމަށް އަހަރެން ރަސްމީކޮށް ނިންމައިފިން" ޓްރަމްޕް ވިދާޅުވިއެވެ.
ގުދުސްއަކީ އިޒްރާއީލުގެ ވެރިރަށްކަމަށް ކަނޑައެޅުމަކީ ޓްރަމްޕްގެ ރިޔާސީ ވައުދެކެވެ.
މިރޭގެ ސްޓޭޓްމަންޓްގައި ޓްރަމްޕްވަނީ މިއީ އެ ވައުދު ފުއްދުންކަމަށް ވިދާޅުވެ، އިޒްރާއީލުގެ ތެލްއަވީވްގައި ހުންނަ އެމެރިކާ އެމްބަސީ ގުދުސްއަށް ބަދަލު ކުރުމުގެ މަސައްކަތްތައް ފެށުމަށް އަމުރު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ