މާލޭ ސިޓީ ކައުންސިލް މެމްބަރު ހަމްނާ ހައްޔަރުކުރުމަށް ފަހު ދޫކޮށްލައިފި

މާލޭ ސިޓީ ކައުންސިލްގެ ވިލިމާލޭ ދާއިރާގެ ކައުންސިލް މެމްބަރު ހަމްނާ ވަހީދު ހައްޔަރުކުރުމަށް ފަހު ދޫކޮށްލައިފިއެވެ.
އާދީއްތަ ދުވަހު ހަވީރު ހަމްނާ ހައްޔަރުކޮށްފައި ވަނީ ކްރިމިނަލް ކޯޓް ސަރަހައްދުންނެވެ. އެ ސަރަހައްދުން އޭނާ ހައްޔަރުކުރުމަށް ފަހު ފުލުހުންގެ އިދާރާ އަށް ގެންދިއުމަށް ފަހު ވަނީ ދޫކޮށްލާފައެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމްނާ ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ތުހްމަތުގަ އެވެ. މިކަމާ ގުޅިގެން ފުލުހުންގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ