ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ކަމަށް ބުނެ ފުލުހުން މިއަދު ހައްޔަރު ކުރި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު، މުހައްމަދު އަބްދުﷲގެ ފޯނު އަތުލުމަށްފަހު ދޫކޮށްލައިފިއެވެ.
އެނގިފައިވާ ގޮތުގައި މުހައްމާ ހައްޔަރުކުރީ ދައުލަތުގެ ވެރިންނަށް ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގަ އެވެ.
އަދި އޭނާގެ ފޯނު އަތުލުމަށްފަހު ދޫކޮށްލީ އަންގާރަ ދުވަހު ހެނދުނު 10:00 ގައި ފުލުސް އޮފީހަށް ހާޒިރުވާން ޗިޓް ހަވާލުކުރުމަށް ފަހުގަ އެވެ.
މުހައްމާ ފުލުސް އޮފީހަށް ހާޒިރުވާން އަންގައި ހަވާލުކުރި ޗިޓްގައި ވަނީ އިދިކޮޅު ސިޔާސީ ބޭފުޅުން ވެސް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކުރުމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ މަހުގެ 1 ގައި ނެރުނު އަމުރަށް ދައުލަތުގެ އެކި އިދާރާތައް ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް އެ އިދާރާތަކުގެ މުވައްޒަފުންނަށް ރިޝްވަތު ހުށަހަޅައި މުވައްޒަފުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ހުރަސް އަޅައި ނުފޫޒު ފޯރުވި ކަމަށް މުހައްމާގެ މައްޗަށް ތުހުމަތުކުރާ ކަމަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މުހަންމާގެ އިތުރުން މިހާރުވެސް މަޖިލީހުގެ ފަސް މެމްބަރަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާއި މައްޗަނގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާންގެ އިތުރުން ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދެވެ.
މެމްބަރުންގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުވެސް ވަނީ ހައްޔަރުކޮށް ބަންދުކޮށްފައެވެ.
ފޯނު އަތުލުމަށް ފަހު މެމްބަރު މުހައްމާ ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ