އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، 4 މަހާ 24 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، 4 މަހާ 24 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.އުއްތަމަ ފަނޑިޔާރު ޖަލަށް ލާން ޙުކުމް ކޮށްފައިވަނީ، ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ގެ ޚިދުމަތް ސުޕްރީމް ކޯޓުން ކަނޑާލަން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އެންގެވި މައްސަލާގައި ކުރި ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމާއި ގުޅިގެންނެވެ.މި މައްސަލާގައި އިއްޔެ ބޭއްވި ހުލާސާ ބަޔާން އިއްވުމުގެ ޝަރީއަތުގެ މަޖިލީހުގައި، ދައުލަތުގެ ވަކީލް ޝަމްރާ ޝަމީމް ވިދާޅުވީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން އުއްތަމަ ފަނޑިޔާރު ޖެމްސްގެ ޚިދުމަތް މެދުކަނޑާލަން އެންގެވި ކަން ސާބިތުވާ ކަމަށެވެ. މި މައްސަލައިގައި ކޯޓުގައި ހެކި ބަސް ދިން ސުޕްރީމް ކޯޓުގެ އިސް ބޭފުޅަކު ވަނީ ޖެމްސްގެ ޚިދުމަތް ކަނޑާލަން އުއްތަމަ ފަނޑިޔާރު އިރުޝާދު ދިނުމާ ގުޅިގެން އެކަން އެގޮތަށް ކުރަން މުވައްޒަފަކަށް އަންގާފައިވާނެ ކަމަށް ބުނެފަ އެވެ. އަދި ޚިދުމަތް ކަނޑާލުމުގެ ގޮތުން ވާގަނޑު ނައްޓާލި ކަމަށް އެ މުވައްޒަފު ވަނީ ކޯޓުގައި ހެކި ބަސް ދީފަ އެވެ. އުއްތަމަ ފަނޑިޔާރުގެ މައްޗަށް ސާބިތުވި ކުށުގެ އެންމެ ބޮޑު އަދަބެއްގެ ގޮތުގައި ގާނޫނުލް އުގޫބާތުގައި އޮންނަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.( އިތުރު ތަފްސީލް އަންނަނީ....)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ