ކްރިމިނަލް ކޯޓްގެ އިސްޤާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށްކުރާ ޝަރީއަތް ބާރަށް ގެންގޮސް އަހަވަށް ޤާނޫނީ ފިޔަވަޅު އެޅުމަށް ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް އިއުލާން ކުރައްވާފައިވާ އުމަރު ނަސީރު ކަމާބެހޭ ފަރާތްތަކަށް ގޮވައިލައްވައިފިއެވެ.
ނަޝީދުގެ ވެރިކަންވެއްޓުމުގެ ކުރިން އިދިކޮޅު ފަރާތްތަކުންކުރި މުޒާހަރާތަލުގެ ކޮމާންޑަރުކަމަށް އަމިއްލަފުޅަށް ވިދާޅުވެފައިވާ އުމަރު މިހެން ވިދާޅުވީ 7 ފެބްރުއަރީ ފާހަގަ ކުރުމަށް ޕީޕީއެމްއިން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އުމަރު ވިދާޅުވީ ޤާޒީއަކު ހައްޔަރުކޮށްގެން ގެންގުޅުމަކީ ރާއްޖޭގެ އެއްވެސް ރައީސްއަކަށް ކުރިއަށް އޮތް ތާންގައިވެސް ނުކުރެވޭނެކަމެއްކަން ދެއްކުމަށްވެސް ނަޝީދުގެ މައްޗަށް ޤާނޫނީ ފިޔަވަޅު އަޅަންޖެހޭކަމުގައެވެ. އަދި އެމައްސަލަޔާއި 8 ފެބްރުއަރީގެ ހުޅުޖެހުމުގެ މައްސަލާގައި ފިވަޔަޅު އެޅުމަށް އެއް އަހަރު ދުވަހަކީ މާގިނަ ދުވަސްކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ 8 ފެބްރުއަރީއަކީ ޖުޑިޝަރީ ފުނޑުފުނޑުކޮށްލާ، ސަރުކާރުން ގަބޫލުކުރާ ފަނޑުޔާރުން ނޫންބަޔަކަށް ކޯޓްތަކަށް ނުވަދެވޭގޮތަށް ނިންމުމަށް ހަމަޖައްސާފައިވާ ދުވަސްކަމުގައެވެ. އަދި އެދުވަހަކީ ޕޯޗްގީޗުން ދިވެހިންގެ ކަރަށް ރާ އެޅުމަށް ތައްޔާރުވި ދުވަސްފަދަ ދުވަހެއްކަމަށް އުމަރު ވިދާޅުވިއެވެ. އަދި އަބްދުﷲ ގާޒީ ހައްޔަރުކުރުމާއި ފެބްރުއަރީ 8 ގެ ހުޅުޖެހުމުގެ މައްސަލާގައި ފިޔަވަޅު އެޅުމަށް މުއައްސަސާތަކުންވަނީ ފަހަތުފަޔަށް ބުރަވެފައިކަމަށް އުމަރު ވިދާޅުވިއެވެ.
"ހަނދުމަފުޅު ހުންނާނެ، ޕޯޗްގީޒުންވަނީ ދިވެހިންގެ ކަރަށް ރާއެޅުމަށް ތައްޔާރުކޮށްފަ އެއްރޭ، އޮއްވާއެރޭ ބޮޑުތަކުރުފާނާ އެތަކުރުފާނުގެ ބައިވެރިން މާލެ އަރާ ދިވެހި ފަސްގަނޑު ސަލާމަތްކުރީ"
އުމަރު ވިދާޅުވީ 8 ފެބްރުއަރީއަކީވެސް މިފަދަ ދުވަހަކަށް ވުމަށް ތައްޔާރުވެފައިވަނިކޮށް ރައްޔިތުން ނިކުމެ ނަޝީދުގެ ވެރިކަން ބަދަލުކުރީ ކަމުގައެވެ.
ރައީސް ނަޝީދުގެ މައްޗަށް އަވަހަށް ހުކުމްކުރުމަށް އުމަރު ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ