އަބްދުﷲ ގާޒީ ނިޒާމުން ބޭރުން ގެއްލުވާލި މައްސަލައިގެ ތަހްގީގް ނިމި ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރު އަހުމަދު އަބްދުލް ކަރީމް ވިދާޅުވެއްޖެއެވެ.
ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން އަހުމަދު ވިދާޅުވީ އަބްދުﷲ ގާޒީ މައްސަލައިގެ މިހާރު ކުރިއަށް ދަނީ ރިޕޯޓް ތައްޔާރުކުރުމުގެ މަރުހަލާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި އެ މައްސަލަ ޕީޖީއަށް ފޮނުވާނެ ކަމަށެވެ.
"މައްސަލައިގެ ތަހްގީގް ނިމި މިހާރު ކުރިއަށްދަނީ ރިޕޯޓް ތައްޔާރު ކުރުމުގެ މަސައްކަތްތައް. އެހެންކަމުން ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަސް ތެރޭގައި މި މައްސަލަ ޕީޖީއަށް ފޮނުވޭނެ ކަމަށް މި ބަލަނީ،" އަހުމަދު ވިދާޅުވިއެވެ.
އަބްދުﷲ ގާޒީ މައްސަލަ ދެ ހަފްތާ ތެރޭ ޕީޖީއަށް ފޮނުވުމަށް އެޗްއާރުސީއެމުން ބުނެފައިވާއިރު ޕީޖީއިން ވަނީ އެ މައްސަލައިގެ ބައެއް މައުލޫމާތު ފުރިހަމަނުވާތީ ފުލުހުންނަށް އެ މައުލޫމާތު ފުރިހަމަ ކުރުމަށް އަންގާފައެވެ.
އަބްދުﷲ ގާޒީ މައްސަލަ ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ޕީޖީ އޮފީހަށް ފޮނުވާނެ: ހިއުމަން ރައިޓްސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ