ކުރީގެ ސަރުކާރަށް ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބުދުﷲ މުހައްމަދު ފާޑު ވިދާޅުވި ކަމަށް ބުނެ އޭނާއައި މެދު ފިޔަވަޅު އެޅުމަށް ޖޭއެސްސީން ނިންމުމާއި ގުޅިގެން އޭނާގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް ބުނެ ދަށު ކޯޓުން އިއްވި ހުކުމް އިސްތިއުނާފު ކުރުމަށް ޖޭއެސްސީން ނިންމައިފިއެވެ.                        
ޖޭއެސްސީން އެގޮތަށް ނިންމާފައިވާތީ އެމައްސަލަ ހައިކޯޓަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކޮމިޝަނުގެ އިދާާރާއިން މައުލޫމާތުދެއެވެ. 
އެމައްސަލާގައި އަބުދުﷲ ގާޒީގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހުއެވެ. އަބުދުﷲ ގާޒީގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ދަށު ކޯޓުން ހުކުމްކޮށްފައިވަނީ ދިޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ފަނޑިޔާރުންގެ އުސޫލުތަކުން ބޭރުން ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރަށް ފާޑު ވިދާޅުވެފައިވާތީއެވެ.
    
    އަބުދުﷲ ގާޒީގެ ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް ކުރި ހުކުމް އިސްތިއުނާފު ކުރަނީ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
            