މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ހުކުމް އިއްވި މީހަކު ދޫވެފައި ހުއްޓާ އަނެއްކާ ވެސް ކޯޓުން ހިފަހައްޓައިފިއެވެ.
ސީއެންއެމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވައްކަމުގެ މައްސަލައެއްގައި 12 މަސްދުވަހަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކޮށް ޑިޕީއާރއެސްއާއި ހަވާލުކޮށްފައިވާ މުހައްމަދު ހައިސަމު އެކޯޓުން ހައްޔަރުކޮށްފައިވަނީ އެކޯޓުގައި މިއަދު އޮތް އަޑުއެހުމަކަށް ގޮސް ހުއްޓައެވެ.
12 މަސްދުވަހަށް އޭނާ އަރުވާލުމަށް މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކޮށްފައިވަނީ، 2011 އޮކްޓޯބަރ 14 ވަނަދުވަހު ހ.އޮރިއޮންގޭގެ ދެވަނަ ފަންގިފިލާއަށްވަދެ، ވަށްކަންކުރިކަމުގެ ކުށުގައެވެ.
ކްރިމިނަލް ކޯޓުން މައުލޫމާތުދޭ ގޮތުގައި މިދޔަ ބުރާސްފަތި ދުވަހު އޭނާ 12 މަސްދުވަހަށް އަރުވާލުމަށް ހުކުމްކޮށް ޑީޕީއާރއެސްއާއި ހަވާލު ކުރި ފަހުން ވެސްވަނީ މަގުމަތިން ފެނިފައެވެ.
މިމައްސަލައާއި ގުޅިގެން ޑީޕީއާރއެސްގެ ބަހެއް އަދިވަނީ ލިބޭ ގޮތް ނުވެފައެވެ.
ހުކުމް ތަންފީޒުކުރުމަށް ޑިޕީއާރއެސްއާއި ހަވާލުކޮށްފައި ހުރި މީހަކު ކޯޓުން ހިފަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ