ފެނުގެ ނިއުމަތާ މެދު ސަމާލުވުމަށް ރައީސު މައުމޫނު އަބުދުލް ގައްޔޫމު ގޮވާލައްވައިފިއެވެ. ރައީސް މައުމޫނު މިގޮތަށް ގޮވާލައްވާފައިވަނީ މައުމޫނު ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ރަމަޟާން މަހުގެ ރޭތައް އިހުޔާ ކުރުމަށް ކުރިއަށް ގެންދާ ޕްރޮގުރާމުތަކުގެ ތެރެއިން އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ރޭބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މައުމޫނުގެ ވާހަކަފުޅުގައި ފެނުގެ މުހިއްމުކަމާ ފެން އުފެދިގެން އައި ގޮތާ ބެހޭ ގޮތުން ވާހަކަ ދެއްކެވިއެވެ.
އެގޮތުން ބިން އުފެއްދެވުމުގެ ކުރިން ފެން އުފައްދަވާފައިވާކަން ސާބިތުވާ ކަމަށް މައުމޫނު ވިދާޅުވިއެވެ. މީގެ އިތުރުން ފެން ހާއްސަވާ އެންމެ މުހިއްމު ސަބަބަކީ ފެނަކީ ތާހިރު އަދި އެއިން ތާހިރު ކޮށްދޭ އެއްޗަކަށް ވުން ކަމަށް މައުމޫނު ވިދާޅުވިއެވެ.
ފެނަކީ ވެސް ވަކި ވަރަކަށް ދެއްވާ ނިއުމަތެއްކަން ފާހަގަ ކުރައްވާ ފެން އިސްރާފު ނުކުރުމަށް ގޮވާލެއްވިއެވެ.
ރޭގެ ރަސްމިއްޔާތުގައި ރައީސް މައުމޫނުގެ އިތުރުން ޕީޕީއެމަސް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޑރ.އަފުޔރާޝީމު އަލީ ވެސް ވާހަކަ ދެއްކެވިއެވެ.
ފެނުގެ ނިއުމަތާ މެދު ސަމާލުވުމަށް ރައީސް މައުމޫނު ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ