ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމްގެ ޕްރައިމަރީގެ ނަތީޖާ ބާތިލްކުރުމަށް ހުށައެޅި މައްސަލާގައި އެގޮތައް ހުކުމް ކުރެވެން ނެތްކަމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.
ޕީޕީއެމްގެ އާއްމު މެމްބަރެއްކަމަށްވާ ރަހުމާ މޫސާ ކޯޓަށް ހުށައެޅި މައްސަލާގައި ބުނެފައިވަނީ ޕީޕީއެމްގެ ޕަރައިމަރީގައި އޮޅުވާލާފައިވުމާއި ޤަވާއިދާއި ހިލާފްކަންތައްތަކެއް ހިނގާފައިވާތީ އެކަމުގެ ސަބަބުން ޕްރައިމަރީގައި ވާދަކުރި އުމަރު ނަސީރުގެ ހައްޤަށް އުނިކަން ލިބިފައިވާކަމުގައެވެ. އަދި ޕްރައިމަރީ ބަތިލްކޮށްދިނުމަށް އެދޭކަމުގައެވެ.
މިމައްސަލާގައި މިއަދު ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ރަހުމާއަކީ ޕްރައިމަރީގައި ވާދަކޮށްފައިވާ ކެނޑިޑޭޓަކަށް ނުވާއިރު އެ ޕްރައިމަރީގެ ސަބަބުން ރަހުމާގެ ހައްޤެއް ގެއްލިފައިވާކަން ޝަރީއަތަށް ސާބިތުނުވާކަމަށެވެ.
އަދި ޕްރައިމަރީގައި ރަހުމާ ވޯޓް ލާފައިވާކަން ރަހުމާގެ ބަހުން އެނގޭއިރު ޕްރައިމަރީގައި ރަހުމާގެ ހައްޤެއް ގެއްލިފައިވާކަމަށް ނުބެލެވޭކަމުގައެވެ.
އެހެންކަމުން މަކަރާއި ހީލަތްހެދިކަމަށްބުނެ ޕީޕީއެމްގެ ޕްރައިމަރީ ބާތިލްކުރުމަށް ހުށައެޅުމުގެ ހައިސިއްޔަތު ރަހުމާއަށް ލިބިގެން ނުވާކަމަށް ހައިކޯޓްގެ ހުކުމުގައިވަނީ ބުނެފައެވެ
ޕީޕީއެމްގެ ޕްރައިމަރީގެ ނަތީޖާ ބާތިލްކޮށްދެވެން ނެތްކަމަށް ކޯޓުން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ