ކުރީގެ ދެ ޑިފެންސް މިނިސްޓަރުން ކަމަށްވާ ނާޒިމާއި ތޮލްހަތު އަދި މެމްބަރު ނާޒިމް މާފުށީ ޖަލަށް ބަދަލުކޮށްފި

ކުރީގެ ދެ ޑިފެންސް މިނިސްޓަރުން ކަމަށްވާ މުހައްމަދު ނާޒިމާއި ތޮލްހަތު އިބްރާހިމް ކަލޭފާނު އަދި މެމްބަރު އަހްމަދު ނާޒިމް ވެސް މާފުށީ ޖަލަށް މިއަދު ބަދަލުކޮށްފި އެވެ. އެ ތިން ބޭފުޅުން ކުރިން ހުކުމް ތަންފީޒުކުރައްވަމުން ގެންދެވީ ހިންމަފުށީ އައްސޭރި ޖަލުގަ އެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް މޫސާ ރަމީޒް މިއަދު ވިދާޅުވީ ދެ ނާޒިމާއި ތޮލްހަތު ބަދަލުކުރީ މާފުށީ ޖަލުގައި އަލަށް ހެދި ތަނަކަށް ކަމަށެވެ. އެ ދެ ބޭފުޅުން ތިއްބަވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ހުންނަވާ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގައި ކަމަށް ވިއަސް އެ ދެ ބޭފުޅުން ތިއްބަވަނީ އެމަނިކުފާނާ ވަކިން ކަމަށް މޫސަ ވިދާޅުވި އެވެ. ނާޒިމް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި. --ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން "ތިން ބޭފުޅުން ވެސް ބަދަލުކުރެއްވީ ބަލަހައްޓަން ފަސޭހައަކަށް،" މޫސަ ވިދާޅުވި އެވެ. ނާޒިމް 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަނީ، ހަނގުރާމަވެރި ހަތިޔާރުތަކެއް އޭނާ ދިރިއުޅުއްވި އެޕާޓްމަންޓުން ފެނުނު މައްސަލައިގަ އެވެ. މެމްބަރު ނާޒިމް 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަނީ މަކަރާއި ހީލަތް ހެދުމުގެ ކުށުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ