އދ. ގެ ސިޔާސީ ކަންތައްތަކާބެހޭ އިދާރާގެ ވަފުދާ ރައީސް މައުމޫން ބައްދަލުކުރައްވައިފި އެވެ.
ރައީސް މައުމޫންގެ އޮފީހުން ބުނީ ރާއްޖެ ވަޑައިގެން އުޅުއްވާ އދ. ގެ ސިޔާސީ ކަންތައްތަކާ ބެހޭ އިދާރާގެ ޓީމް ލީޑަރު މރ. ހިޓޯކީ ޑެން އާއި އޭނާގެ ވަފްދުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނާ ރައީސް މައުމޫން މިއަދު މެންދުރު ރައީސް މައުމޫންގެ އޮފީހުގައި ބައްދަލު ކުރައްވާފައިވާ ކަމަށާއި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ރިޔާސީ އިންތިހާބުގެ ކަންތައްތައް ވަމުންދާ ގޮތާއި މިހާރުގެ ސިޔާސީ މަސްރަހުގައި ކަންތައްތައް ހިނގަމުންދާގޮތާ ބެހޭ ގޮތުން ދެފަރާތުން ހިޔާލު ބަދަލުކުރެއްވި ކަމަށެވެ
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވާ އިންތިހާބަކީ ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވާ ގައިޑްލައިނާ އެއްގޮތަށް ބޭއްވޭ ދެފުށް ފެންނަ، މިނިވަން، ހަމަހަމަ، ސުލްހަވެރި އިންތިހާބަކަށް ވުމުގެ މުހިންމު ކަމުގެ މައްޗަށް ރައީސް މައުމޫން އަލިއަޅުއްވާލެއްވި ކަމަށެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވި މަލްޓި ޕާޓީ އިލެކްޝަންގައި ރައީސް މައުމޫން ގެންގުޅުއްވި ހަރުދަނާ ސިޔާސަތަށްޓަކައި އދ. ސެކްރެޓަރީ ޖެނެރަލް ރައީސް މައުމޫނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމުގައިވެސް އދ. ގެ ވަފްދުގެ ލީޑަރު މިއަދު ފާހަގަ ކުރެއްވި އެވެ.
އދ. ގެ ސިޔާސީ ކަންކަމާބެހޭ އިދާރާގެ ވަފުދާ މައުމޫން ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ