ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ސަރުކާރުގައި ބައިވެރިވީ އެމަނިކުފާނުގެ ދަރަނިތަކަށް ސަރުކާރުން ސުވެރިން ގެރެންޓީއެއް ދޭ ގޮތަށް ކަމަށް ވިދާޅުވެ، ޑީއާރުޕީގެ ވަގުތީ ނައިބު ރައީސް އުމަރު ނަސީރު ދައްކަވާފައިވާ ވާހަކަފުޅަކީ \"ބޮޑު ދޮގެއް\" ކަމަށް ޑީއާރުޕީއިން ބުނެފިއެވެ.
ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު ތަސްމީންގެ ފަރާތުން ޑިއާރުޕީގެ އޮފީހުގައި ސްޓޭޓްމަންޓެއް އިއްވަވަމުން ޑީއާރުޕީގެ ރެޖިސްޓްރަރ މުހައްމަދު ސަލީމް (ހޯރަފުށި ސަލީމު) ވިދާޅުވީ އަހުމަދު ތަސްމީން އަލީވެސް، ނުވަތަ އެމަނިކުފާނުގެ އާއިލާގެ ބޭފުޅެއްވެސް މިހާރުގެ ސަރުކާރުގެ ކިބައިން އެމަނިކުފާނަށް ސުވެރިން ގެރެންޓީއެއް ދިނުމަށް އެދިފައިނުވާނެ ކަމަށެވެ.
"ލީޑަރ އަހުމަދު ތަސްމީން އަލީ ވިދާޅުވަނީ އެފަދަ އެއްވެސް ލޯނަކަށް ގެރެންޓީއެއް ހޯދުމަށް މިހާރުގެ ސަރުކާރުގެ ކިބައިން އެއްވެސް ހައިސިއްޔަތެއްގައި އެދިފައިނުވާނެ ކަމަށް. އަދި އެއީ ކަނޑައެޅިގެން އުމަރު ނަސީރު ހައްދަވާ ބޮޑު ދޮގެއް ކަމަށް" ސަލީމް ވިދާޅުވިއެވެ.
އުމަރު ނަސީރުގެ ވާހަކަތައް ދޮގުކުރަމުން، ޑީއާރުޕީއިން ވަނީ އުމަރު ނަސީރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މިގޮތުން އުމަރު ނަސީރަކީ އަބަދުވެސް މިފާޑުގެ ވާހަކަ ދައްކާ ބޭފުޅެއް ކަމަށާއި، ޕީޕީއެމްގެ އިސް މަގާމެއްގައި ހުރެގެން މިފަދަ ވާހަކަތަކެއް އުމަރު ނަސީރު ދައްކަމުންދާ ކަމަކީ ހިތާމަކުރާ ކަމެއް ކަމުގައި ސަލީމް ވިދާޅުވިއެވެ.
އުމަރު ނަސީރު ހެދީ ބޮޑު ދޮގެއް: ޑީއާރުޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ