ހ ތެމާގައި ހުންނަ ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ އޮފީހަށް ކަޅުތެޔޮ ޖެހި މީހުން ހޯދުމަށް ފުލުހުން ވިީޑިޔޯއެއް އާންމުކޮށްފިއެވެ.
ފުުލުހުން ވިދާޅުވީ ވީޑިއޯއިން ފެންނަ މީހަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުޤީޤު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ހޯދަމުންދާ ދެ މީހުންކަމަށެވެ.
މި ދެ މީހުންނާ އާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.
ފުލުހުން އާންމުކޮށްފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި ރޭގަނޑުގެ ވަގުތެއްގައި ރާޅުގަނޑު ސަރަހައްދާ ދިމާލުން ސައިކަލެއްގައި ދިޔަ ދެ މީހުންގެ ތެރެއިން އެކަކު ޕީޕީއެމްގެ ރައީސްގެ އޮފީހަށް ކަޅުތެޔޮ ޖަހާ މަންޒަރު ފެނެއެވެ. އެހެންނަމަވެސް އެއީ ކާކުކަން ދެނެގަނެވިފައެެއް ނުވެއެވެ.
ރައީސް މައުމޫން ފެކްޝަންގެ އޮފީހަށް ކަޅުތެޔޮ ޖެހި މީހާ ހޯދުމަށް ވީޑިޔޯއެއް އާންމުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ