ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭ ގޮތަށް ސަރުކާރު ހިންގާ ޕީޕީއެމް އާއި އިދިކޮޅު އެމްޑީޕީން "ޑީލް" ހެދި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވުމާ ގުޅިގެން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރައްދު ދެއްވައިފި އެވެ.
އުމަރު ނަސީރު ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކޭ ގޮތަށް ގާނޫނުއަސާސީއަށް ބަދަލު ގެނައުމަށް ސަރުކާރުން ހުށަހެޅި އިސްލާހު ފާސްކޮށްފައި ވަނީ ޖުލައި 22، 2015 ގައި ޕީޕީއެމް އާއި އެމްޑީޕީން ހެދި ސިއްރު ޑީލެއްގެ ދަށުން ކަމަށެވެ.
އެހެންކަމުން ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރާ އުމަރު ނަސީރަށް "އާއެކޭ" ބުނުމަށް އޭނާ ވަނީ އެޓްވީޓްގައި އެދިލައްވާފަ އެވެ.
On 22/7/15, PPM & MDP reached a secret deal & voted to amend the constitution allowing the sale of our land. So, say YES to our #ThirdFront
އުމަރު ނަސީރުގެ އެޓްވީޓަށް ދެއްވާފައިވާ ރައްދެއް ކަމަށް ބެލެވޭ ގޮތަށް ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވަނީ ގާނޫނުއަސާސީއަށް ބަދަލު ގެނައުމަށް ޕީޕީއެމުން އެއްވެސް ސިޔާސީ ޕާޓީއަކާއެކު "ޑީލްއެއް" ހަދާފައި ނުވާނެ ކަމަށެވެ. ނަމަވެސް ސަރުކާރުގެ އިދާރާއަކުން އެފަދަ ކަމެއް ކޮށްފައިވެދާނެ ކަމަށާއި މައުލޫމާތު ފޯރުކުރާއިރު އޮޅުވާނުލުމަށް ރައީސް މައުމޫން އެދިލެއްވިއެވެ.
PPM made no deal with any party to change the constitution; maybe some elements within govt did. Please be accurate!
ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް ސަރުކާރުން ގާނޫނުއަސާސީ އިސްލާހު ހުށަހަޅާ، އިސްލާހު ކޮށްފައިވަނީ ޕީޕީއެމް އާ މަޝްވަރާ ނުކޮށް ކަމަށް ރައީސް މައުމޫން ފެކްޝަނުން ބުނެއެވެ.
އުމަރު ނަސީރު ވިދާޅުވަނީ އޭނާއަކީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާ ތިންވަނަ ކެނޑިޑޭޓް ކަމަށެވެ. އެގޮތަށް އޭނާ އެވިދާޅުވަނީ ރައީސް އަބްދުﷲ ޔާމީނާއި ނުވަތަ ޕީޕީއެމްގެ ކެނޑިޑޭޓާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނުވަތަ އެމްޑީޕީގެ ކެންޑިޑޭޓް ނަގާފައި ކަމަށް ބެލެވެ އެވެ.
އުމަރު ވިދާޅުވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.
3 ދުވަަސްކުރިން
ބަލަ އުމަރާ އޭރުކަލޭހުރީ މިސަރުކާރުގެ މިނިސްޓަރަކަށޭ ، ތިޔަހަވާއެރުވިރޭވެސް ހުރީ އެތަނުގައޭ ، އަތްޖަހަން! ތިޔައީ ތަންފުކެއް ބޮޑުވަރު މިގައުމުގައި އެންމެން މަރުމޯލެއް ނޫން ، ގަމާރެއްވެސް ނޫން ، ތޔކަލޭގެ ޕީ ޕީ އެމްގެ މަރުމޯލުން އަތްޖަހަން ފައިސާއަށް ދުވަނީ!
އުމަރު ނަސީރަށް ރައީސް މައުމޫން ރައްދު ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ