ބަރަހަނާ ހާލުގައި ހުރެ ބިދޭސީއަކު އިސްލާމީ މަރުކަޒަށް ވަދެއްޖެ

ބަރަހަނާ ހާލުގައި ހުރެ ބިދޭސީއަކު އިސްލާމީ މަރުކަޒަށް ވަދެއްޖެއެވެ.
ފުލުހުން ބުނީ، ބަރަހަނާ ހާލުގައި ހުރެ އިސްލާމީ މަރުކަޒަށް ވަން ބިދޭސީއަކު މިރޭ 8:29 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް ފުލުހުން ނުބުނެއެވެ.
މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގީ މިރޭ އިޝާ ނަމާދަށް ފަހުއެވެ. ބަރަހަނާ ހާލުގައި ހުރެ މިސްކިތަށް އަރައި އަޑުގަދަކޮށް މިސްކިތުގެ ބައެއް ތަކެއްޗަށް އޭނާ ގެއްލުންދީފައިވާ ކަމަށްވެސް އެނގިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ