ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު އުމަރު ހާމަކުރައްވައިފި

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރަން ސަރުކާރުން ދެކޮޅު ހެދުމުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެ އަދަދު ހާމަކުރައްވައިފިއެވެ.އުމަރު އެ އަދަދު ހާމަކުރެއްވީ އިއްޔެ ފާހަގަކުރަމުން ދިޔަ ގައުމީ ދުވަހުގެ މުނާސަބަތުގައި ދެއްވިި މެސެޖެއްގައެވެ.އުމަރު ވިދާޅުވީ އިންޑިއާ އަސްކަރިއްޔާގެ 200 ސިފައިން ރާއްޖޭގެ ތިން ސަރަހައްދެއްގައި ރުކުރުވާލާފައިވާ ކަމަށެވެ. އަދި މިއީ ރާއްޖޭގެ މިނިވަންކަމަށް އޮތް ވަރަށް ބޮޑު ކޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވިއެވެ."ﷲ އިރާދަކުރެއްވިއްޔާ މިޤައުމުގެ މިނިވަންކަން ދިފާޢު ކުރުމުގައި އަބަދުވެސް މި ޤައުމުގެ ރައްޔިތުން ތެދުވާނެ. އަޅުގަޑުމެންގެ އުފާވެރި ޤައުމީ ދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ ތިޔަ އެންމެހާ ބޭފުޅުންނަށް އަރިސްކުރަން."ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމުން އެކަމުގައި ހުރި ނުރައްކާތެރިކަން އުމަރު އަންނަނީ ބަޔާންކޮށްދެމުންނެވެ. ނަމަވެސް ސަރުކާރުން އަންނަނީ އެކަން ދިފާއު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ