އަދާލަތުން މުޒާހަރާގައި ބައިވެރި ނުވާ ކަމަށް އުމަރު ވިދާޅުވުމުން ޕާޓީން ރައްދު ދީފި

ެއެމްޑީޕީން "މިންޖުވާން" ގެ ނަމުގައި މިއަދު ފަށައިގެން ކުރިއަށްދާ މުޒާހަރާގައި އަދާލަތު ޕާޓީން ބައިވެރި ނުވާކަމަށް އެޕާޓީގެ ލީޑާޝިޕާ ހަވާލާދީ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވުމުން އެ ޕާޓީން ރައްދު ދީފި އެވެ. އުމަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދާލަތު ޕާޓީން މިއަދުގެ މުޒާހަރާގައި ބައިވެރި ނުވާކަމަށް އެޕާޓީގެ ލީޑަރޝިޕުން ޔަގީންކޮށްދީފައިވާ ކަމަށެވެ. އަދި ޕާޓީގެ މެމްބަރެއް ކަމަށްވާ ޝިދާތާ ޝަރީފު އެއްވުމުގައި ބައިވެރި ވަނީ އަމިއްލަ ގޮތުން ކަމަށް އުމަރު ވިދާޅުވި އެވެ. AP's leadership has confirmed to the govt that AP is NOT participating in today's protest. The lady is representing herself only. — Umar Naseer (@UmarNaseerPPM) November 27, 2015 އުމަރުގެ އެ ޓްވީޓަށް ރައްދު ދެއްވައި އަދާލަތު ޕާޓީގެ އޮފީހުގެ ރަސްމީ ޓްވިޓަރ އެކައުންޓުންނާއި ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު އަދި ޝިދާތާ ޝަރީފު ވެސް ވަނީ ޓްވީޓް ކުރައްވާފަ އެވެ. އަދާލަތު ޕާޓީގެ ރަސްމީ ޓްވިޓާ އެކައުންޓުން މިނިސްޓަރު އުމަރަށް ރައްދު ދެއްވައި ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މިއަދު ކުރިއަށް ދާ މިންޖުވާން މުޒާހަރާގައި އަދާލަތު ޕާޓީގެ ފުރިހަމަ ބައިވެރިވުން އެބަ އޮތް ކަމަށާއި އަދާލަތު ޕާޓީން އަބަދުވެސް އަނިޔާވެރި ކަމާ ދެކޮޅަށް ނުކުންނާނެ ކަމަށެވެ. އަދާލަތު ޕާޓީގެ ކައުންސިލް މެންބަރު ޝިދާތާ ޝަރީފް އަދާލަތު ޕާޓީގެ ދިދަ ހިފައިގެން މުޒާހަރާގައި ބައިވެރިވަނީ -- ސަންފޮޓޯ -- އަލީ ނަސީރު Miandhu kuriyahdhaa #Minjuvaan muzaaharaagai #Adhaalath party ge furihama baiverivun ebaoyi. AP abaduves aniyaverikama dekolhu. #freeImran — Adhaalath Party (@AdhaalathOffice) November 27, 2015 އެޕާޓީގެ ނައިބު ލީޑަރު އަލީ ޒާހިރު ވިދާޅުވީ އަދާލަތު ޕާޓީގެ ނަމުގައި ބަސްބުނުމުގެ ހައިސިއްޔަތު ލިބިފައި ނުވާ ފަރާތްތަކުން އަދާލަތު ޕާޓީގެ ނަމުގައި ބަޔާންތައް ދެމުންދާތީ އެކަން ކުށްވެރި ކުރާ ކަމަށެވެ. އުމަރަށް ރައްދު ދެއްވައި ޝިދާތާ ޝަރީފު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ އުމަރު ނަސީރަކީ އަދާލަތު ޕާޓީގެ ތަރުޖަމާނު ނޫންކަމަށާއި އޭނާ އެއްވުމުގައި ބައިވެރިވަނީ އަދާލަތު ޕާޓީގެ ފުރިހަމަ ތާއީދާ އެކު ކަމަށެވެ. AP ge namugai basbunumuge Haisiyyath libifai nuvaafaraaythakun #Adhaalath party ge namugai statement thah demun daathi ekan kuvverikuran. — Ali Zahir (alipi) (@alixahir) November 27, 2015 @UmarNaseerPPM akee AP ge spokes person eh noon. I represent Ap with the blessing of entire AP leadership. — shidhatha (@shidhatha) November 27, 2015 ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމް ހައްޔަރުކުރި ހިސާބުން އަދާލަތު ޕާޓީން ވަނީ އެމްޑީޕީއާ ބައިއަތުހިފައި އެޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވެފަ އެވެ. އަދި މެއި މަހުގެ އެއްވަނަ ދުވަހު އެ ޕާޓީގެ ނަމުގައި ވަނީ ސަރުކާރާ ދެކޮޅަށް ބޮޑުއެއްވުމެއް ބާއްވާފަ އެވެ. އެ އެއްވުމާ ގުޅިގެން އެ ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ ހައްޔަރުކޮށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ. އިމްރާންގެ މައްޗަށް އުފުލި ޓެރަރިޒަމް ދައުވާގެ ޝަރީއަތް އަދި ނިމިފައި ނުވާއިރު މިހާރު އިމްރާން ހުރީ ޖަލު ބަންދުގައި ގިނަ ދުވަސްތަކެއް ވަންދެން ބެހެއްޓުމަށް ފަހު ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ