ކެފޭ، ރެސްޓޯރަންޓް އަދި ހޮޓާ ފަދަ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ވަގުތު އިތުރުކުރިތާ ތިން ދުވަހަށް ފަހު އަނެއްކާވެސް އިކޮނޮމިކް މިނިސްޓްރީން މިއަދު ބަދަލު ގެނެސްފިއެވެ.
މީގެ ތިން ދުވަސް ކުރިން ސައިހޮޓާ، ކެންޓީނު، ކެފޭ، ރެސްޓޯރަންޓު ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ވަގުތު އިތުރުކުރީ ކޮވިޑް ކޭސްތައް މަދުވުމާ ގުޅިގެންނެވެ. އެގޮތުން ރޭގަނޑު 1:00އާ ހަމައަށް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދީފައިވެއެވެ. ނަމަވެސް މި ހަފުތާގައި ކޭސްތައް އިތުރުވުމާއެކު އަނެއްކާވެސް ކުރިން އޮތް ގޮތަށް މިވަނީ ބަދަލު ގެނެސްފައެވެ.
އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ މިއަދުން ފެށިގެން ސައި ހޮޓާ، ކެންޓީން، ކެފޭ އަދި ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 4:30 އިން ރޭގަނޑު 11:30 އަށް ކަމަށެވެ.
ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން އެޗްޕީއޭ އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަން ވާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީގެ އިއުލާނުގައި ބުންޏެވެ.
މީގެ އިތުރުން ރޭ ވަނީ މާލެ ސަރަހައްދުގައި ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުންވެސް މަނާކޮށްފައެވެ. ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 4:00 އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވެސް ވަނީ މަނާކޮށްފައެވެ.
މާލެ ސަރަހައްދުން އެހެނިހެން ރަށްރަށަށް ދަތުރުކުރާ ހުރިހާ ފަރާތްތައް ކަރަންޓީނުވާން ޖެހޭ ގޮތަށާއި އަންނަ ހުކުރު ދުވަހުން ފެށިގެން ފަތުރުވެރިން ފިޔަވައި، ރާއްޖެއިން ބޭރުން އަންނަ ފަރާތްތައް ދިހަ ދުވަހުގެ މުއްދަތަށް ކަރަންޓީނުވާން ޖެހޭ ގޮތަށްވެސް ރޭ ވަނީ ބަދަލު ގެނެސްފައެވެ.
ކެފޭ ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓޭ ވަގުތު މަދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ