ފެނަކައާ އެކު ސްކޫލް ކޮމްބައިން އުރީދޫ އަދި ދިރާގު ސެމީ އަށް

އިއްޔެ ހަވީރު ފެނަކަ އާއި ސްކޫލް ބައްދަލުކުރި މެޗުގެ ތެރެއިންއިންޓަ އޮފީސް ފުޓްސަލް ފިއެސްޓާގެ ފިރިހެން ޑިވިޝަނުގެ
ސެމީ ފައިނަލުން ފެނަކަ އާ އެކު ސްކޫލް ކޮމްބައިން އުރީދޫ އަދި ދިރާގު ފުރުސަތު
ހޯދައިފި އެވެ.
މުބާރާތުގެ
ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު ފަހު މެޗުން ދިރާގުން ވަނީ 9-3 އިން  ބަޔޮސްފިއާ ކޮމްބައިން ޓީމު ބަލިކޮށްފަ އެވެ.
ސްކޫލް
ކޮމްބައިން ޓީމު (ބީއޭއިސީ/ބޭންކް/މީޑިއާ) މުބާރާތުގެ ސެމީ އަށް ދަތުރުކުރީ ގްރޫޕް
އޭ ގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ފެނަކަ އަށް ލިބުނީ އެ ގްރޫޕުގެ ދެ ވަނަ
އެވެ. ގްރޫޕް ބީގެ އެއް ވަނަ ހޯދީ އުރީދޫންނެވެ. އެ ގްރޫޕުން ދެން ސެމީގެ ޖާގަ
ހޯދީ ދިރާގެވެ.
ސެމީގެ ފުރަތަމަ
މެޗުގައި މާދަމާރޭ ސްކޫލް ނުކުންނާނީ ދިރާގާ ދެކޮޅަށެވެ. ދެވަނަ ސެމީގައި އުރީދޫ
އާ ދެކޮޅަށް ނުކުންނާނީ ފެނަކަ އެވެ.
މި މުބާރާތުގެ
އަންހެން ބައިގެ މެޗުތައް މިރޭ ފަށާނެ އެވެ. ފުރަތަމަ މެޗުގައި ބ. އަތޮޅު ތައުލީމީ
މަރުކަޒާއި ދެކޮޅަށް ނުކުންނާނީ ދިރާގު ކޮމްބައިން ޓީމެވެ. ދެވަނަ މެޗުގައި މާދަމާ
ހަވީރު ދިރާގު ކޮމްބައިންނާ ދެކޮޅަށް ނުކުންނާނީ ހޮސްޕިޓަލު އެވެ.
މި މުބާރާތުގެ
ފައިނަލް މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެރޭ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ