ގާނޫނީ ވަކީލު އަހުމަދު ނަޖީބު މަރާލި މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ މ. މަސްރޫރާ އަހްމަދު މުއްރަތު މެރުމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމަކީ ސައްހަ ނިންމުމެއްކަން ކަށަވަރުކުރުމަށް ބާއްވާ އަޑުއެހުން މާދަމައަށް ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފި އެވެ.
މުއްރަތު މެރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ކަށަވަރުކުރުމަށް ސުޕްރީމް ކޯޓުގައި އިލްތިމާސްކުރީ ދައުލަތުގެ ފަރާތުންނެވެ.
މީގެ ކުރިން މާޗް މަހު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި މުއްރަތަށް ވަނީ ވަކީލަކު ހަމަޖެއްސުމަށް ފުރުސަތު ދީފަ އެވެ.
އެދުވަހުގެ އަޑުއެހުމުގައި މައްސަލަ ހުށަަހަޅަން ފުރުސަތު ދިނުމުން ދައުލަތުން މައްސަލަ ހުށަހަޅަމުން ދަނިކޮށް އުއްތަމަ ފަނޑިޔާރު ވަނީ އަޑުއެހުން ވަކި ހިސާބަކުން ހުއްޓުވާފަ އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ މުއްރަތުގެ މައްސަލައަކީ ވަކީލަކާ ނުލައި ކުރިއަށް ގެންދެވޭނެ ކަހަލަ މައްސަލައަކަށް ނުވާތީ ފަނޑިޔާރުން މަޝްރަވާކޮށްލަން ވަގުތުކޮޅެއް ބޭނުންވާ ކަމަށެެވެ. އެގޮތުން ފަނޑިޔާރުންނާ މަޝްވަރާކުރެއްވުމަށްފަހު އުއްތަމަ ފަނޑިޔާރު ކުރެއްވި ސުވާލަކަށް ޖަވާބު ދެމުން މުއްރަތު ބުނީ އޭނާގެ ދިފާއުގައި މަސައްކަތް ކުރާނެ ވަކީލަކު އަމިއްލަ ހަރަދުގައި ހަމަޖެއްސެން ނެތް ކަމަށާ، އާއިލާގެ ފަރާތުން އެކަމަށް އެއްބާރުލުންވެސް ނުލިބޭ ކަމަށެވެ. އަދި ދައުލަތުން އޭނާއަށް ވަކީލަކު ހަމަޖައްސައިދިނުމަށް ވެސް އެދިފައިވެ އެވެ.
މުއްރަތު ވަކީލަކު ހަމަޖައްސަން އެދުމުން އެކަމަށް ފުރުސަތު ދެއްވުމަށްފަހު އުއްތަމަ ފަނޑިޔާރު ވަނީ އެދުވަހުގެ ޝަރީއަތުގެ މަޖިލިސް ނިންމަވާލައްވާފަ އެވެ.
ހައިކޯޓުގެ އަޑުއެހުމުގައި ވާހަކަ ދައްކަމުން މުއްރަތު ބުނީ ނަޖީބު މަރާލި މީހަކު އޭނާއަށް ނޭނގޭ ކަމަށާ، ކުރިން އަޑުއެހުންތަކުގައި ނަޖީބު މަރާލިކަމަށް އެއްބަސްވީ އެ މައްސަލައިގައި މަރަން ހުކުމްކޮށްފައިވާ އޭނާގެ ލޯބިވެރިޔާ ށ. ގޮއިދޫ ރިހާބް ފާތިމަތު ހަނާއާއި ދެ މީހުން ރާވައިގެން ކަމަށް،،
ނަޖީބްގެ މަރުގެ ޒިންމާ، މުއްރަތު ނަގަން ހަނާއާ ދެ މީހުން ރާވާފައި އޮތް ކަމަށް ބުނާއިރު، ނަޖީބް މަރާލުމުގައި ބައިވެރިވި ކަމަށް ހަނާ އިއުތިރާފްވެފައިވަނީ ކީއްވެގެންތޯ ސުވާލު ކުރުމުން މުއްރަތު ބުނީ އެކަން ވީ ގޮތް އޭނާއަށް ނޭނގޭ ކަމަށް،،
ނަޖީބް މަރާލި ކަމަށް އެއްބަސްވީ ފުލުހުން ބިރު ދައްކައިގެން ކަމަށްވެސް މުއްރަތު ކޯޓުގައި ބުނެފައިވޭ،،
ނަޖީބު މަރާލުމުގެ ކުށް ސާބިތުވުމާއި ގުޅިގެން މުއްރަތު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 2012 ވަނަ އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހު،،
މުއްރަތާ އެކު އޭނާގެ ކުރީގެ ލޯބިވެރިޔާ ހަނާ މެރުމަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް އޭނާ ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.
މުއްރަތުގެ އަޑުއެހުމެއް މާދަމާ ސުޕްރީމް ކޯޓުގައި ތާވަލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ