އެމެރިކާ ސަފީރު ގާސިމް އިބްރާހިމާއި ބައްދަލްކުރައްވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމާއި، އެމެރިކާ ސަފީރު، އަތުލް ކޭޝަޕް މިއަދު ބައްދަލު ކުރައްވައިފިއެވެ.
ޖުމްހޫރީ ޕާޓީގެ މައި އޮފީސް ކުނޫޒްގައި އޮތް މި ބައްދަލްކުރެއްވުމުގައި އޮނަރަބަލް ގާސިމް އިބްރާހިމާއި، އެމެރިކާ ސަފީރާއި ދެ ބޭފުޅުން ވަނީ ރާއްޖޭގެ ސިޔާސީ ހާލަތާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މިއީ ރާއްޖޭގެ މިހާރުގެ ޙާލަތު ދެނެވަޑައިގަތުމަށް ސަފީރު ބޭނުންފުޅުވާތީ ބޭއްވެވި ބައްދަލުކުރެއްވުމެއް ކަމަށް ޖުމްހޫރީ ޕާޓީންވެސް ވަނީ ބުނެފައެވެ.
މި ބައްދަލުކުރެއްވުމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް އާއި މަޖިލީހުގެ ބައެއް މެންބަރުންނާއި ޕާޓީގެ ލީޑަރޝިޕްގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
އޭގެ ތެރޭގައި ޖޭޕީގެ ނާއިބް ލީޑަރު ޑރ ހުސައިން ރަޝީދު ހަސަނާއި ޕީޖީ ގުރޫޕްގެ ނާއިބް ލީޑަރު އަބުދުﷲ ރިޔާޒް އަދި ޕީޖީ ގުރޫޕްގެ މެންބަރުންކަމުގައިވާ ކެޔޮދޫ ދާއިރާގެ މެންބަރު އަލްއުސްތާޒް މޫސާ ނިޒާރު އިބްރާހިމާއި، ކެންދޫ ދާއިރާގެ މެންބަރު އަލްއުސްތާޒް އަލީ ހުސައިންގެ އިތުރަށް މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުހައްމަދާއި، ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ