ކެމްޕޭނަށް ޔާމީން މަރޯއްޓަށް ވަޑައިގެންފި

ކޮމަންޑޫ ދާއިރާގެ ކެމްޕޭނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ށ. މަރޯއްޓަށް ވަޑައިގެންފިއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާ މޫސާ ފަތުހީ އާދަމްގެ ކެމްޕޭނަށް ރައީސް ޔާމީން ކޮމަންޑޫ ދާއިރާއަށް ވަޑައިގެން އުޅުއްވާއިރު ރައިސް ޔާމީން ވަނީ ބްރާސްފަތި ދުވަހު ކޮމަންޑޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާވެސް ބައްދަލުކުރައްވާފައެވެ.
އަދި ށ. ފުނަދޫގައި އިއްޔަ ކުރިއަށްގެންދިޔަ "އިންޑިއާ އައުޓް" ހަރަކާތުގައިވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. ރައިސް ޔާމީން އެރަށުގައި ހުއްޓާ އެ ރަށް މޮނިޓަރިންއަށްލިއިރު، މިއަދު އެމަނިކުފާނުވަނީ ކެމްޕޭނަށް މަރޯށިއަށް ވަޑައިގެންފައެވެ.
މަރޯއްޓަށް ވަޑައިގެން ރައިސް ޔާމީން ވަނީ އެރަށުގެ ޕީޕީއެމް މެމްބަރުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވާފައެވެ.
ކޮމަންޑޫ ދާއިރާގެ އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު، ނައިބު ރައީސް ފައިސަލް ނަސީމްވެސް މިއަދު ވަނީ އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދު ހޯދުމަށް ކޮމަންޑޫ ދާއިރާއަށް ވަޑައިގެންފައެވެ.
މި އިންތިހާބުގައި ވާދަކުރައްވަނީ ތިން ކެންޑިޑޭޓުންނެވެ. އެއީ ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދުގެ އިތުރުން އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސްއެވެ.
ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ