ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ޝަރީއަތަށް ނުފޫޒު ފޯރާފަދަ މޭރުމަކުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލްއުސްތާޛު އަލީ ޒާހިރު މަސައްކަތްކުރައްވާފައިވާކަމަށް ދެކެވޭ ވާހަކަތަކަށް ބާރުލިބިދޭފަދަ އިތުރު ވާހަކަތަކެއް ހާމަވެއްޖެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު ޙަސަން ނަޖީބު ވަނީ ރައީސް ޔާމީންގެ ޝަރީއަތަށް، އަލީ ޒާހިރު ނުފޫޒު ފޯރުއްވެވިކަމަށް ހުވާކޮށް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވާފައެވެ.
އެގޮތުން ނަޖީބު ވިދާޅުވީ، ރައީސް ޔާމީންގެ މައްސަލަ ހިނގަމުން ދަނިކޮށް، އޭރު ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރުގެ މަޤާމުގައި ހުންނެވި ހައިލަމް އެއްދުވަހު ނަޖީބުގެ ކޮޓަރިއަށް ވަޑައިގަތްކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސުއޫދު އައްޔަން ކުރަން އުޅޭ ކަމަށް ޚަބަރު ފެތުރޭކަމަށް ވިދާޅުވުމުން ހައިލަމް ވަގުތުން ޢަލީ ޒާހިރަށް ގުޅުއްވި ކަމަށް ނަޖީބު ވިދާޅުވިއެވެ.
މިކަމަށް ރައްދުދެއްވައި ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނަޖީބު ދެއްކެވި ވާހަކަތަކުގެ ތެރެއިން ހަމައެކަނި ތެދު ވާހަކައަކީ އަލީ ޒާހިރު އެބޭފުޅާއަށް ފޯނުކުރައްވާ ވާހަކަކަމަށެވެ.
"އެއީ ތެދުފުޅެއް. އެކަމަކު އަލީ ޒާހިރު އަޅުގަނޑަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ދޭން ވައުދުވެވަޑައިގެންފައެއް ނުވޭ. އެކަމަށް އެހީތެރި ވެވިދާނެކަމަށް ވިދާޅުވި"، ފަހުން ޑިލީޓްކުރައްވާފައިވާ ޓްވީޓްގައި ހައިލަމް ވިދާޅުވިއެވެ.
ފޮޓޯ: ސަން
އަލީ ޒާހިރު ގުޅުއްވައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ހޯދަން އެހީދެއްވާނެކަމަށް ވިދާޅުވި: ހައިލަމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ