ރައީސް ސޯލިހު މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލުކުރައްވަން ހަމަޖެހިއްޖެއެވެ.
ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވާން ހަމަޖެހިފައި ވަނީ މިއަދު ހަވީރު 4:00 ގައެވެ. އެހެން ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ.
އެ ނޫސްވެރިންގެ ބައްދަލުވުން ބާއްވަން ހަމަޖެހިފައި ވަނީ ރައީސް އޮފީހުގައެވެ. މިއީ އަހަރެއްހާ ދުވަސް ފަހުން ރައީސް ނޫސްވެރިންނާ ރައީސް އޮފީހުން ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ. ކޮވިޑުގެ ހާލަތާ ގުޅިގެން ރައީސް މީގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވަމުން ގެންދެވީ އޮންލައިން ކޮށެވެ.
ރައީސް އެންމެ ފަހުން ނޫސްވެރިންނާ ބައްދަލު ކުރެއްވީ މިދިޔަ ޖޫން މަހުގައެވެ. އެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމުވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ