އުނގޫފާރު ދާއިރާގެ އެމްޑީޕީގެ ނައިބް ރައީސްކަމަށް ސުޒީލް ހޮވިއްޖެ

ވާދަވެރިކަން ބޮޑުވެފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓަކައި ނުލައި އުނގޫފާރު ދާއިރާގެ ނައިބް ރައީސަކަށް މުހައްމަދު ސުޒީލް (ޒިލާން) އިންތިހާބު ވެއްޖެއެވެ. ސުޒީލް މި މަޤާމަށް އިންތިހާބުވީ އެމަޤާމަށް ސުޒީލް އާއެކު އިތުރު ކެނޑިޑޭޓަކު ވާދަކޮށްފައި ނުވާތީއެވެ.ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ މި އިންތިހާބުގައި އެކި ދާއިރާތަކުން އެންމެ ކެންޑިޑޭޓަކު ކުރިމަތިލުމުން ވޯޓަށް ނުގޮސް ހޮވުނު ކެންޑިޑޭޓުންގެ ލިސްޓު އެ ޕާޓީން ވަނީ އާންމުކޮށްފަ އެވެ. މި ލިސްޓުގައިވާ ގޮތުން ވޯޓަކާ ނުލައި 165 ކެންޑިޑޭޓަކު ވަނީ އެކި ދާއިރާތަކަށް ހޮވިފަ އެވެ.މިމަޤާމަށް ސުޒީލް އިންތިހާބު ވުމާގުޅިގެން އެމްޑީޕީ އާއި އެމްޑީޕީއަށް ތާއީދު ކުރާ ފަރާތްތަކުން ދަނީ ސުޒީލްއަށް މަރުހަބާ ކިޔަމުންނެވެ. ސުޒީލް ވަނީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން އުނގޫފާރު ކައުންސިލަށް ވާދަކޮށްފައެވެ.އެމްޑީޕީގެ ގައުމީ ދާއިރާތަކުގެ އިންތިހާބު ބާއްވަން ތާވަލުކޮށްފައި ވަނީ މި ސެޕްޓެމްބަރު މަހުގެ 25 ގަ އެވެ.މި އިންތިހާބުގައި އެމްޑީޕީގެ 90،000 އަށް ވުރެ ގިނަ މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ. އަދި މި އިންތިހާބުގައި 455 މަގާމަކަށް މީހުން ހޮވަން ނިންމާފައިވާއިރު، 700 އަށް ވުރެ ކެންޑިޑޭޓުން އަންނަނީ ވާދަކުރަމުންނެވެ. ޓެގްއެމްޑީޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ