ބ. އަތޮޅު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި
ބ. އަތޮޅު ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަހުމަދު ލަތީފު ސަސްޕެންޑު ކޮށްފި އެވެ. ލަތީފު ސަސްޕެންޑް ކޮށްފައި ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅި ތަހުގީގު ކުރަމުންދާ ޝަކުވާ އަކާ ގުޅިގެން ކަމަށް ޖޭއެސްސީ އިން ބުނެ އެވެ. އޭނާ ސަސްޕެންޑު ކޮށްފައި ވަނީ ދިވެހި ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 38 ވަނަ މާއްދާގެ ދަށުން ތަޙުގީގު ކޮމިޓީން އެ މައްސަލައިގެ ތަޙުގީގު ފުރިހަމަކޮށް، އެ ކަމުގެ ރިޕޯޓު ކޮމިޝަނަށް ހުށަހަޅާ، ގާނޫނުގައިވާ ގޮތުގެމަތީން ލިބިދެވެން ޖެހޭ ފުރުސަތަކަށް ފަހު، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެނެވެ. ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން ވަޒީފާ އަށް ނުނިކުމެ މަޑުކުރުމަށް ލަތީފަށް ވަނީ އަންގައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ